Advertisement
ކ. މާލެ
|
13 ޖުލައި 2019 | ހޮނިހިރު 18:16
ނައިބު ރައީސް ފައިސަލް ނަސީމް އައްޑޫސިޓީ އަށާއި ފުވައްމުލަކު ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން
ނައިބު ރައީސް ފައިސަލް ނަސީމް އައްޑޫސިޓީ އަށާއި ފުވައްމުލަކު ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން
ރައީސް އޮފީސް ޓްވިޓާ
ނައިބު ރައީސް ފައިސަލް
ނައިބު ރައީސް ފައިސަލް ހުޅުމީދޫ ހެލްތް ސެންޓަރަށް ޒިޔާރަތްކުރައްވާފި
ހެލްތް ސެނަޓަރުގެ މުވައްޒަފުންނާއި ބައްދަލުކުރެއްވި
ހެލްތް ސެނަޓަރުގެ ހާލަތު ބައްލަވާލެއްވި
ހުޅުމީދޫގެ މަގު ހަދަމުންދާ ސަރަހައްދަށް ޒިޔާރަތްކުރައްވައި އެ މަޝްރޫގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވައިލެއްވި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އައްޑޫސިޓީ ހުޅުމީދޫގެ ހެލްތް ސެންޓަރަށް ޒިޔާރަތްކުރައްވާފިއެވެ.

ނައިބު ރައީސް ފައިސަލް އައްޑޫސިޓީ އަށާއި ފުވައްމުލަކު ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުޅުމީދޫ ހެލްތް ސެންޓަރަށް ޒިޔާރާތްކުރައްވާ އެތަނުގެ މުވައްޒަފުންނާއި ބައްދަލުކުރައްވައި ތަނުގެ ހާލަތު ބައްލަވާލެއްވިއެވެ.

ހެލްތް މިނިސްޓަރ އަބަދުއްﷲ އަމީން ވަނީ ނައިބު ރައީސް ފައިސަލްގެ އަރިހުގާ ހެލްތް ސެންޓަރަށް ޒިޔާރާތްކުރައްވާފައެވެ.

Advertisement

މި ދަތުރުފުޅުގައި އެ މަނިކުފާނުވަނީ ހުޅުމީދޫގެ މަގު ހަދަމުންދާ ސަރަހައްދަށް ޒިޔާރަތްކުރައްވައި އެ މަޝްރޫގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވައިލައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުޅުމީދޫއަށް ޒިޔާރަތްކުރެއްވުމުން އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް