Advertisement
ކ. މާލެ
|
13 ޖުލައި 2019 | ހޮނިހިރު 12:01
ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ދިރާގުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ
ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ދިރާގުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ
ޓްވިޓަރ
ކެއާ ސޮސައިޓީ
ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފި
ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަފާތު މަސައްކަތްތައް ދަސްކޮށްދިނުމުގެ މަގުސަދުގައި ކުރިޔަށް ގެންދާ ޕްރޮގްރާމެއް
މި ޕްރޮގްރާމްގައި ތަފާތު އަތްތެރިކަމުގެ މަސައްކަތްތަކާއި، ކުރެހުމާއި ކޮމްޕިއުޓާ ސްކިލްސް، ފެހުމާއި ޑިޒައިން ކުރުން ފަދަ ތަފާތު ހުނަރުތައް ދަސްކޮށްދޭ

ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ކެއާ ސޮސައިޓީގެ ފަރާތުން ކުރިއަށް ގެންދާ މި ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަފާތު މަސައްކަތްތައް ދަސްކޮށްދިނުމުގެ މަގުސަދުގައި ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ބޭނުމަކީ އެފަދަ ކުދިންނަށް ކޮންމެ ވެސް އާމްދަނީ އެއް ހޯދޭނެ ގޮތްތަކެއް ހޯދައިދިނުން ކަމުގައި ކެއާ ސޮސައިޓީގެ އެކްޒެކެޓިވް ޑިރެކްޓަރ ނައުޝާން މުހައިމިން ވިދާޅުވިއެވެ. ކެއާ ސޮސައިޓީގެ މި ޕްރޮގްރާމްގައި ތަފާތު އަތްތެރިކަމުގެ މަސައްކަތްތަކާއި، ކުރެހުމާއި ކޮމްޕިއުޓާ ސްކިލްސް، ފެހުމާއި ޑިޒައިން ކުރުން ފަދަ ތަފާތު ހުނަރުތައް ދަސްކޮށްދެއެވެ.

Advertisement

ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިން ކްލާސްތައް ދެމެހެއްޓެނެވި ގޮތެއްގައި، 2017 ވަނަ އަހުރުން ފެށިގެން ކުރިޔަށް ގެންދެވުނީ ދިރާގުން ދިން އެހީގައި ކަމަށާއި، ކުންފުނިތަކުން އެންޖީއޯތަކަށް އެހީތެރިކަން ލިބޭ ނަމަ، ދެމެހެއްޓެނެވި ގޮތަކަށް މި ފަދަ ޕްރޮގުރާމްތައް ކުރިއަށް ގެންދެވޭނެ ކަމަށް ކެއާ ސޮސައިޓީގެ އެކްޒެކެޓިވް ޑިރެކްޓަރ ނައުޝާން މުހައިމިން ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ދިރާގުން ވަނީ ކެއާ ސޮސައިޓީގައި އާލީ އިންޓަވެންޝަން ކްލާހެއް ފަށަން އެހީ ވެފަ އެވެ. އަދި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނާއި މޯލްޑިވްސް އެސޯސިއޭޝަން ފޮ ޕާސަންސް ވިތް ޑިސްއެބިލިޓީސް، އަދި ބިއުޓިފުލް އައިޒް، ޑައުން ސިންޑްރޯމް އެސޯސިއޭޝަން ފަދަ އެންޖީއޯތަކުގެ ތަފާތު ޕްރޮގްރާމްތަކަށް ވެސް ދިރާގުން އަންނަނީ ވަރަށް ދީލަތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް