Advertisement
ކ. މާލެ
|
13 ޖުލައި 2019 | ހޮނިހިރު 11:56
ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސލް ނަސީމް
ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސލް ނަސީމް
ޝުއައިބް މުހައްމަދު އިގްބާލް
ނައިބް ރައީސް
ތަރައްގީގެ މަޝްރޫއުތައް ބައްލަވާލައްވަން ނައިބް ރައީސް އައްޑޫސިޓީ އަދި ފުވައްމުލަކަށް
އައްޑޫސިޓީގެ ހުޅުމީދޫގެ މަގުހަދާ ސަރަހައްދާއި އާ ހޮސްޕިޓަލުގެ އިތުރުން އައްޑޫ ނަރުދަމާނިޒާމް ގާއިމު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފަ

އައްޑޫ ސިޓީގެ އިތިރުން ފުވައްމުލަކުގައި ސަރުކާރުން ކުރިޔަށްގެންދާ ތަރައްގީގެ މަޝްރޫއުތައް ބައްލަވާލެއްވުމަށް ރައީސުލް ޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ހޮނިހިރު ދުވަހުގެ ހެނދުނު އައްޑުއަށް ޒިޔާރަތް ކުރައްވައިފިއެވެ.

ނައިބު ރައީސްގެ މިދަތުރުފުޅުގައި އައްޑޫސިޓީގެ ހުޅުމީދޫގެ މަގުހަދާ ސަރަހައްދާއި އައްޑޫ ކޮންވެންޝަން ސެންޓަރުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ އާ ހޮސްޕިޓަލުގެ އިތުރުން އައްޑޫ ނަރުދަމާނިޒާމް ގާއިމު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

ފުވައްމުލަކަށް އެމަނިކުފާނު ވަޑައިގަންނަވާނީ ހޮނިހިރު ދުވަހު ހަވީރުއެވެ. ފުވައްމުލަކަށް ކުރައްވާ ޒިޔާރަތުގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ ބޭފުޅުންނާ ބައްދަލުކުރައްވައި އެ ސިޓީގެ ހާލަތު އޮޅުން ފިލުއްވުމުގެ އިތުރުން ފުވައްމުލަކު ސިޓީގެ މަގުހެދުމުގެ މަޝްރޫއު ކުރިޔަށްދާ ގޮތް ބައްލަވާލައްވާނެއެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެންވަޔަރުމަންޓު މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހުސައިން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް