Advertisement
ކ. މާލެ
|
13 ޖުލައި 2019 | ހޮނިހިރު 11:08
ރައީސް ހުވަދު އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކާއި ބައްދަލުކުރެއްވުގެ ތެރެއިން
ރައީސް ހުވަދު އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކާއި ބައްދަލުކުރެއްވުގެ ތެރެއިން
ރައީސް އޮފީސް
ރައީސް
ރައީސް ހުވަދު އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކާއި ބައްދަލުކުރައްވައިފި
ގއ. އަތޮޅުގެ އަތޮޅު ކައުންސިލަރުންގެ އިތުރުން ގދ. ގައްދޫ، ގދ. ފަރެސް މާތޮޑާ، ގއ. ދާންދޫ، ގއ. ގެމަނަފުށީ ކައުންސިލަރުންނާއި ރައީސް ވަނީ ބައްދަލުކުރައްވާފަ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހުވަދު އަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލަރުންނާއި ހުކުރުދުވަހުގެ ރޭ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

ތިނަދޫ ރަށު ކައުންސިލް އިދާރާގައި ވަކިވަކިން ބޭއްވެވި މިބައްދަލު ކުރެއްވުން ތަކުގައި ގއ. އަތޮޅުގެ އަތޮޅު ކައުންސިލަރުންގެ އިތުރުން ގދ. ގައްދޫ، ގދ. ފަރެސް މާތޮޑާ، ގއ. ދާންދޫ، ގއ. ގެމަނަފުށީ ކައުންސިލަރުންނާއި ރައީސް ވަނީ ބައްދަލު ކުރައްވާފައެވެ.

Advertisement

މި ބައްދަލުކުރެއްވުން ތަކުގައި، ކައުންސިލަރުންވަނީ އެރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަން ފާހަގަ ކުރައްވައި، ބައެއް މުއައްސަސާ ތަކުގެ ހިންގުން ހަރުދަނާ ކުރެއްވުމަށް ބޭނުންވާ ކަންކަމުގެ އިތުރުން ރައްޔިތުންނަށް ދަތިވާ ބައެއް ކަންކަން ފާހަގަ ކުރައްވައިފައެވެ. މީގެއިތުރުން ވެސް ރަށްރަށުގެ އިޤުތިޞާދާއި ރައްޔިތުންގެ އާމްދަނީއާއި ޒުވާނުންނާއި ކުޅިވަރާއި ތަޢުލީމާއި ޞިއްޙީ ދާއިރާގައި ހުރި މައްސަލަތަކާއި އެދާއިރާތަކުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަން ފާހަގަ ކުރައްވައި ކައުންސިލުތަކުން ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި އެކަންކަން ހިއްސާ ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ކައުންސިލަރުން ފާހަގަ ކުރެއްވި ކަންކަން ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ކަމާ ގުޅުންހުރި ސަރުކާރުގެ ކުންފުނިތަކާއި މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް