Advertisement
ކ. މާލެ
|
13 ޖުލައި 2019 | ހޮނިހިރު 09:50
ހުސްނުއްސުއޫދު
ހުސްނުއްސުއޫދު
ތަހާރަތު މުހައްމަދު ވަހީދު
ބާ ޖައުންސިލް ވޯޓް ލުން
ބާ ކައުންސިލް އިންތިޚާބުގެ ވޯޓްލުން ފެށިއްޖެ
ބާ ކައުންސިލް އިންތިޚާބުގައި ވާދަކުރައްވަނީ 22 ގާނޫނީ ވަކީލުން
މި އިންތިޚާބުގެ ވޯޓް ލުން ކުރިއަށްދާނީ ހެދުނު 9 އަކުން ހަވީރު 5 ޖަހަންދެން
އިންތިޚާބުގައި ރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ އޮންނަ 1،600 ވަކީލުން ވޯޓްލާނެ

ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް އުފެއްދި ބާ ކައުންސިލްގެ އިންތިޚާބުގެ ވޯޓްލުން ފެށިއްޖެއެވެ.

މި އިންތިޚާބުގެ ވޯޓް ލުން ކުރިއަށްދާނީ ހެދުނު 9 އަކުން ހަވީރު 5 ޖަހަންދެނެވެ. އިންތިޚާބުގެ ވޯޓް ލުން އޮތީ މާލެ ސިޓީ އަދި އައްޑޫސިޓީގައެވެ. މާލެ ސިޓީގައި ބާ ޖަމާލުއްދީންގައި ވޯޓް ފޮށި ބަހައްޓާފައިވާއިރު، އައްޑޫ ސިޓީގައި ވޯޓް ފޮށި ބަހައްޓާފައި ހުރީ ހިތަދޫ ޝަރީފީ ޕްރީސްކޫލްގައެވެ. މި ދެ ސަރަހައްދުގައި ވެސް ވޯޓް ލުން ފެށިގެން ކުރިއަށް އެބަދެއެވެ.

ބާ ކައުންސިލް އިންތިޚާބުގައި ވާދަކުރައް ވަނީ 22 ގާނޫނީ ވަކީލުންނެވެ.

ބާ ކައުންސިލްގެ އިންތިޚާބުގައި ކައުންސިލްގެ ރައީސް ކަމުގެ މަގާމަށް ދެ ފަރާތަކުން ކުރިމަތިލައްވާފައި ވާއިރު، ނައިބު ރައީސް ކަމަށް ދެ ފަރާތަކުން އަދި މެންބަރު ކަމަށް 18 ފަރާތަކުން ވާދަ ކުރައްވައެވެ.

Advertisement

ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދާއި، މަޝްހޫރު ގާނޫނީ ވަކީލު މައުމޫން ހަމީދެވެ. ނައިބު ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ.

މި އިންތިޚާބުގައި ރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ އޮންނަ 1،600 ވަކީލުން ވޯޓުލާނެއެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ހަ މެމްބަރެކެވެ. އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި އެހެން ހުރިހާ ބޭފުޅުން ވެސް އިންތިޚާބު ކުރާނީ ހޮނިހިރު ދުވަހު ކުރިއަށްމިދާ، އިންތިޚާބުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް