ކ. މާލެ
|
13 ޖުލައި 2019 | ހޮނިހިރު 09:27
އެސް 400 މިސައިލްގެ އޯޑަރުގެ އަގު 2 ބިލިއަން އެމެރިކާ ޑޮލަރަށް އަރާ
އެސް 400 މިސައިލްގެ އޯޑަރުގެ އަގު 2 ބިލިއަން އެމެރިކާ ޑޮލަރަށް އަރާ
ރޮއިޓަރސް
ތުރުކީ
އެސް -400 މިސައިލްގެ ފުރަތަމަ ޝިޕްމެންޓް ތުރުކީއަށް ފޮނުވައިފި
އެމެރިކާއިންވަނީ ތުރުކީއިން ދީފައިވާ އޯޑަރ ކެންސަލްކުރުމަށް ތުރުކީއަށް ބާރުއަޅާފައި

ތުރުކީއިން އޯޑަރުކުރި ރަޝިއާގެ އެސް-400 މިސައިލް ސިސްޓަމްގެ ފުރަތަމަ ޝިޕްމެންޓް ތުރުކީއަށް ލިބިއްޖެ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީއިން ބުނެފިއެވެ.

މިއީ ނޭޓޯގެ މެމްބަރު ގައުމެއްގެ ގޮތުގައި އޮވެ އެމެރިކާއާއި ދުރުކަމެއް އަތުވެދާނެ ފިޔަވަޅެކެވެ.

ޑިފެންސް މިނިސްޓްރީން ހުކުރުދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޑްވާންސް އެއަރ ޑިފެންސް ސިސްޓަމްގެ އިކްއިޕްމަންޓްގެ ފުރަތަމަ ޝިޕްމަންޓް ވެރިރަށް އަންކާރާއަށް ގެނެސްފައިވާ ކަމަށެވެ.

މީގެ އިތުރުން ތުރުކީގެ ޑިފެންސް ޑައިރެކްޓޮރޭޓުން ބުނެފައިވަނީ އެ ސިސްޓަމަށް ބޭނުންވާ އިތުރު ބައިތައް ކުރިޔަށް އޮތް ދުވަސްތަކުގައި ލިބެމުންދާނެ ކަމަށެވެ.

"ސިސްޓަމް ފުރިހަމައަށް ތައްޔާރުވުމާއެކު،ކަމާ ގުޅޭ އިދާރާތަކުން ކަނޑައަޅާފައިވާ ގޮތަށް ބޭނުންކުރަން ފެށޭނެ"

އިސްތަންބޫލްގައި ހުރި އަލްޖަޒީރާގެ ރިޕޯޓަރު ބުނެފައިވާގޮތުގައި ތުރުކީއިން މި ސިސްޓަމް ބޭނުންކުރަން ފަށާނީ 2019ގެ އޮކްޓޯބަރގައެވެ.

މި މިސައިލް ސިސްޓަމްގެ ފުރަތަމަ ބެޗް ތުރުކީއަށް ލިބުމާއެކު އެ ގައުމުން އެވަނީ އެމެރިކާއާއެކު އޮންނަ ގުޅުމުގެ ރަތްރޮނގުގެ އިން ހުރަސްކުރެވިފައި ކަމަށް އޭނާ ސިފަކުރެއެވެ.

އެމެރިކާއިން ބުނާގޮތުން އެސް-400 ތުރުކީއަށް ލިބުމާއެކު އެ ގައުމު އެއޮތީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަންޖެހިފައެވެ.

އެމެރިކާއިންވަނީ ތުރުކީއިން ދީފައިވާ އޯޑަރ ކެންސަލް ކުރުމަށް ތުރުކީއަށް ބާރުއަޅާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް