Advertisement
ކ. މާލެ
|
12 ޖުލައި 2019 | ހުކުރު 21:15
ޕީޕީއެމް-ޕީއެންސީ އިން ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ޕީޕީއެމް-ޕީއެންސީ އިން ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ޕީޕީއެމް / ޕީއެންސީ
ރިޔާސީ ކޮމިޝަންތަކުގެ ހޯދުންތައް އާންމު ކުރުމަށް ޕީޕީއެމް، ޕީއެންސީއިން ގޮވާލައިފި
އެމްޑީޕީ އެކްޓިވިސްޓުން ލައިގެން ހަދާފައިވާ ކޮމިޝަނަކުން އިންސާފުވެރި މިނިވަން ތަހުގީގެއް ނުކުރެވޭނެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު, އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހު އުފެއްދެވި ރިޔާސީ ކޮމިޝަންތަކުގެ ހޯދުންތައް އާންމުކުރުމަށް އިދިކޮޅު ޕީޕީއެމް / ޕީއެންސީން ގޮވާލައިފި އެވެ.

ހުކުރު ދުވަހު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސްކަން ކުރައްވާ އަދި ކުރީގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރިޔާސީ ކޮމިޝަންތަކަށް ހޯދުންތަކެއް ހޯދި، ރިޕޯޓް ލިބިވަޑައިގެންފައިވާކަމަށް ރައީސް ސޯލިހް ވިދާޅުވެފައިވާކަމަށާއި، އެ ރިޕޯޓްގައި ހިމެނޭ މައުލޫމާތެއް އާންމުކުރަންޖެހޭ ކަމަށެވެ. އަދި އެ ކުށްތަކުގައި ޝާމިލްވާ ބަޔަކު ތިބިނަމަ ހައްޔަރުކުރުން އަވަސްކުރުމަށް އޭނާ ގޮވާލެއްވި އެވެ.

Advertisement

ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ އެ ކޮމިޝަންތަކަށް މައްސަލަތައް އިންސާފުވެރިކަމާއެކު ނިންމިދާނެކަމަށް ގަބޫލުނުކުރައްވާކަމަށެވެ. ސަބަބެއްކަމަށް އޭނާ ވިދާޅުވީއެ ކޮމިޝަނަށް މެމްބަރުން އައްޔަންކުރާގޮތެވެ. އެގޮތުން ކޮމިޝަނަށް އައްޔަންކޮށްފައިވަނީ އެކްޓިވިސްޓުންކަމަށާއި، އެ މީހުންނާއެކު ކުރެވޭނެ އިންސާފުވެރި ތަހުޤީޤެއް ނޯންނާނެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"މިނިވަން އިންސާފުވެރު ތަހުގީގެއް ކުރެވޭނެކަމަށް ގަބޫލުކުނުކުރާ ސަބަބަކީ އެ ކޮމިޝަނަށް މީހުން އައްޔަންކުރާ ގޮތް. އެއީ އަޅުގަނޑުމެންނަށް ގަބޫލު ނުކުރެވޭގޮތް. އެމްޑީޕީގެ އެކްޓްވިސްޓުން ލައިގެން ހަދާ ކޮމިޝަނަކުން އިންސާފުވެރި ތަހުގީގެއް ހިންގޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން."
އަބްދުއްރަހީމް އަބްދުއްﷲ

ރައްޔިތުންނަށް ކަންކަމުގެ ހަޤީޤަތް އޮޅުވާލެއްވުމަށް މަސައްކަތްކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ވެރިކަމަށް އައިސް 8 މަސް ދުވަސް ވޭތުވެދިޔައިރު ރައީސް ސޯލިހްގެ ސަރުކާރަށް ގައުމުގެ ތަރައްގީއަށްޓަކާ އެއްވެސް ކަމެއް ކޮށްދެވިފައި ނުވާކަމަށެވެ. އަދި ރަށްރަށުގައިވެސް ތަރައްޤީގެ މަސައްކަތްތައް ކުރިއަށްނުދާކަމަށް ވިދާޅުުވެ އަބްދުއްރަހީމް ވަނީ އިތުރުފުޅު ހައްދަވާފަ އެވެ.

ޕެލޭނިން މިނިސްޓްރީން އެންމެފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ހުދުމުހުތާރުވެރިޔާ އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ 7 މަސް ދުވަހަށްވުރެ ގިނަ ޕްރޮޖެކްޓްތައް މި ސަރުކާރުގެ ފުރަތަމަ 7 މަސް ދުވަހުގެ ތެރޭގައި ވަނީ ފަށާފަ އެވެ. އެގޮތުން މިހާރުވެސް1.1 ބިލިޔަން ރުފިޔާގެ 36 މަޝްރޫއެއްމި ސަރުކާރުން އަންނަނީ ކުރިއަށްގެންދަމުންނެވެ.

އޭގެ ތެރޭގައި ހިމެނެނީ ފެނުގެ ތިން މަޝްރޫއަކާއި، ނަރުދަމާގެ މަޝްރޫއެއްގެ އިތުރުން ފެނާއި ނަރުދަމާގެ 11 މަޝްރޫއެކެވެ. އަދި މަގު ހެދުމުގެ ހަތް މަޝްރޫއަކާއި ބަނދަރު ހެދުމުގެ 14 މަޝްރޫއެއްވެސް މިހާރު އަންނަނީ ކުރިއަށްގެންދަމުންނެވެ. އޭގެއިތުރުން 41 މަޝްރޫއެއްގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް މަޝްވަރާތައް ކުރިއަށްދާކަމަށް ޕްލޭނިންގ އިން ބުނެފައިވެއެވެ.

ޔާމީންގެ ސަރުކާރުގައި ހަމައެކަނި މަސައްކަތް ފެށިފަައިވަނީ ކުދިކުދި ހޮހޮޅަތަކެއްފަދަ 7000 ހައުސިން ޔުނިޓްގެ މަސައްކަތުގައިކަމަށްވާއިރު، ރައީސް ސޯލިހްގެ ސަރުކާރުގެ ފުރަތަމަ 7 މަސް ދުވަހުގެ ތެރޭގައިވަނީ 9200 ހައުސިން ޔުނިޓްގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މިހާރު އޭގެ އަމަލީ މަސައްކަތްތައް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމަށް އިތުރަށް ވާހަކަދައްކަވަމުންވެސް އަބްދުއްރަހީމް ވަނީ ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެއްދުމަށް އިންޑިއާއައި ރާއްޖެއާއި ދެމެދު ސޮއިކުރެވޭ އެއްބަސްވުމާއި ގުޅޭގޮތުންވެސް ދޮގު މައުލޫމާތުތަކެއް ހިއްސާކޮށްފަ އެވެ. އެގޮތުން އަބްދުއްރަހީމް ވިދާޅުވީ އިންޑިއާ އާއިއެކު ސޮއިކުރުމަށް ނިންމާފައިވާ އެއްބަސްވުމަކީ ރާއްޖޭގެ މިނިވަންކަން ގެއްލިގެން ދިއުމުގެ ފެށުންކަމުގައެވެ. ނަމަވެސް ރާއްޖެއާއި އިންޑިއާ އާއި ދެމެދު ސޮއިކުރެވޭ އެއްބަސްވުމަކީ ޖިނާއީ މައްސަލަތަކުގައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމަށްވެވޭ އެއްބަސްވުމެކެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ނައިބު ލީޑަރު އިބްރާހިމް ސުޖާއު ވިދާޅުވީ އޮގަސްޓް މަހުން ފެށިގެން ޕީޕީއެމް/ޕީއެންސީގެ ސިޔާސީ ހަރަކާތްތައް އަތޮޅުތެރޭގައި ފެށިގެން ދާނެ ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް އިސްވެ ހުރެ ޕާޓީގެ ހަރަކާތަތައް ފެށިގެން ދާނީ ހއ. އިން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ހަރަކާތްތައް ހިނގާނީ ބާރަށް އަތޮޅު ތެރޭގައި، ޖަލްސާތައް ވެސް ބޭއްވޭނެ، ކަންމަތީ ޖަލްސާތައް ވެސް ބޭއްވޭނެ، ޕާޓީއަށް މީހުން އިތުރު ކުރުމުގެ މަސައްކަތް ވެސް ކުރެވޭނެ."
ޕީއެންސީގެ ނައިބު ލީޑަރު އިބްރާހިމް ސުޖާއު
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
13 ޖުލައި 2019 | ހޮނިހިރު 21:21
ކެލާ އާރިފް
ރިޕޯޓް އާންމުކުރާ ހިސާބުން މަންމާފުޅު އަދުރޭ ބުނާނެ ތިރިޕޯޓެއް ޤަބޫލެއްނުކުރަމޭ، ދޮންކެޔޮބުރޯ ބުނާނެ ރިޕޯޓް ލިޔެފަވަނީ ދިވެހިބަހަކުންނެއްނޫނޭ މިކަހަލަ ބައިވަރު ހާސަރުދަމާނެ ބަލަންތިބެމާ....
12 ޖުލައި 2019 | ހުކުރު 21:55
ތިމަންނަ
މި ސޮރުގެ ކައްވަޅުގެ ހާލަކީ ކޮބައި ބާވައޭ ހިތަށްއަރާ