Advertisement
ކ. މާލެ
|
12 ޖުލައި 2019 | ހުކުރު 18:36
މިނިސްޓާރ އަލީ ވަހީދު ކުރައްވަމުން ގެންދަވާ ދަތުރުފުލުގެ ތެރެއިން
މިނިސްޓާރ އަލީ ވަހީދު ކުރައްވަމުން ގެންދަވާ ދަތުރުފުލުގެ ތެރެއިން
ޓްވިޓަރ
މިނިސްޓްރީ އޮފް ޓުއަރިޒަމް
މިނިސްޓަރ އަލީ ވަހީދު 2 އަތޮޅެއްގެ 4 ރަށަކަށް ވަޑައިގެންފި
އަލީ ވަހީދު ވަނީ މ. އަތޮޅު ކައުންސިލާއި ބައްދަލު ކުރައްވައިފައި
މިދަތުރުފުޅުގައި ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ވ. މ. އަދި ފ. އަތޮޅުގެ ހަތް ރަށަކަށް
މިއީ އަތޮޅުތަކަށް މިނިސްޓަރ ކުރައްވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެއް

ފަތުރުވެރިކަން ކުރިއަރުވަން ކުރަން ހުރި މަސައްކަތްތަށް ދެނެގަންނަން، ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ތިން އަތޮޅެއްގެ ހަތް ރަށަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ދެ އަތޮޅެއްގެ 4 ރަށަކަށް ވަޑައިގެންފި އެވެ.

ބުރާސްފަތި ދުވަހު ފެއްޓެވި ދަތުރުފުޅުގައި އަލީ ވަހީދު މިހާތަނަށް ވަޑައިގެންފައިވަނީ މ. މުއްޔާއި، މ. ވޭވަށް، ފ. ބިލަތްދޫ އަދި ފ. މަގޫދޫއަށެވެ. އެ ރަށްރަށް ވަޑައިގެން އެރަށްރަށުގެ ކައުންސިލްތަކާއި ވަނީ ބައްދަލުކުރައްވާފަ އެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ބައްދަލުކޮށް، ހުރި ދަތިތައް އެމަނިކުފާނު އޮޅުންފިލުއްވާފަވެއެވެ.

އޭގެއިތުރުން އަލީ ވަހީދު ވަނީ މ. އަތޮޅު ކައުންސިލާއި ބައްދަލު ކުރައްވައި އެ އަތޮޅުގައި ފަތުރުވެރިކަން ކުރިއަރުވަން ކުރެއްވެން ހުރި ކަންކަމާއި މެދުގައި މަޝްވަރާ ކުރައްވައިފައެވެ.

Advertisement

ތިން ދުވަހުގެ މުއްދަތަށް މިނިސްޓާރ ކުރައްވާ މިދަތުރުފުޅުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި ދަތިތައް އޮޅުންފިލުވައި، އެ ރަށްތަކުގައި ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމާގުޅޭގޮތުން ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި މަޝްވަރާކުރެވޭނެއެވެ. އޭގެ އިތުރުންފަތުރުވެރިކަމުގެ ދާއިރާގެ މަސްއޫލުވެރިންނާއި މިނިސްޓަރ ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައިވެއެވެ.

މިނިސްޓްރީން ބުނެފައިވަނީ މި ދަތުރުފުޅުގެ މަގުސަދަކީ މި އަތޮޅުތަކުގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ސިޔާސަތު ބައްޓަންކުރުމުގައި ބޭނުންވާ ޙިޔާލާއި ލަފާ ހޯދުން ކަމަށެވެ.

މީގެ ކުރިން ވެސް މިނިސްޓަރ ވަނީ ކައުންސިލްތަކާއި މަސްލަހަތުވެރިންނާ ބައްދަލުކުރައްވަން ދަތުރުފުޅުތަކެއް ކުރައްވާފައެވެ. އެގޮތުން މިނިސްޓަރ ވަނީ މިދިޔަ މޭ މަހުގެ ތެރޭގައި ހުވަދު އަތޮޅުގެ ހަތަރު ރަށަކަށާއި ދ.ކުޑަހުވަދޫއަށް ޒިޔާރަތްކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް