Advertisement
ކ. މާލެ
|
12 ޖުލައި 2019 | ހުކުރު 17:31
ރައީސް ސޯލިހު ތިނަދޫއަށް ވަޑައިގެންނެވުމަށް ފަހު ރައްޔިތުންނާ ސަލާމްކުރައްވަނީ
ރައީސް ސޯލިހު ތިނަދޫއަށް ވަޑައިގެންނެވުމަށް ފަހު ރައްޔިތުންނާ ސަލާމްކުރައްވަނީ
ރައީސް އޮފީސް
ޖަޒީރާ ހޮޅުއަށި
"ޖަޒީރާ ހޮޅުއަށި" ސިލްސިލާގެ ތެރެއިން ރައީސް ސޯލިހު ތިނަދޫއަށް
މިއީ މި ސިލްސިލާގެ ތިންވަނަ ބައްދަލުވުން
ރަށު ކައުންސިލާ މުއައްސަސާތަކުގެ ބޭފުޅުންނާ ބައްދަލުކުރައްވާނެ
ރައްޔިތުންނާ މަޝްވަރާކުރަން ހަމަޖެހިފައިވަނީ ކަނޑު ފަޅުގެ ނަފާ މައުޟޫއަށް

"ޖަޒީރާ ހޮޅުއަށި" ސިލްސިލާގެ ދަށުން ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގދ. ތިނަދޫއަށް ވަޑައިގަންނަވައިފިއެވެ.

ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި ރައީސް ތިނަދޫއަށް ވަޑައިގެންނެވި އިރު، އަރިހުގައި ނައިބު ރައީސް ފައިސަލް ނަސީމާއި، ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރު ޒަހާ ވަހީދުގެ އިތުރުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޢްނީ އަދި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު ބައިވެރިވަޑައިގެންނަވައެވެ. ރައީސް އަރިހު އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ހުސެން އަމްރު އަދި ރައީސް އޮފީހުގެ އިސް ބޭފުޅުން ވެސް ތިނަދޫއަށް ވަޑައިގެންނެވިއެވެ.

Advertisement

ރައީސް ސޯލިހު ތިނަދޫއަށް ލޯންޗުކޮޅުގައި ފައިބާ ވަޑައިގެންނެވި ވަގުތު އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން، ރައީސްއާ ސަލާމޮކޮށްލެއްވުމުގެ ގޮތުން އެ ރަށު ބަނދަރު ސަރަހައްދަށް ޖަމާވެފައިވެއެވެ. ރައްޔިތުންނާ ސަލާމްކުރެއްވުމަށް ފަހު، ރައީސް ސޯލިހު ވަޑައިގެންނެވީ ތިނަދޫ ކައުންސިލްގެ މެމްބަރުންނާ އެކު ބޭއްވެވި ބައްދަލުވުމަކަށް، އެ ރަށު ކައުންސިލްގެ އިދާރާއަށެވެ.

ކައުންސިލްގެ އިތުރުން އެ ރަށުގެ މުއަައްސަސާތަކުގެ އިސްވެރިންނާ އެކުވެސް ރައީސް ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެއެވެ.

"ޖަޒީރާ ހޮޅުއަށި" ސިލްސިލާގެ ތެރެއިން ތިނަދޫއަށް ކުރައްވާ ދަތުރުފުޅުގައި މައިގަނޑު ގޮތެއްގައި އެ ރަށު ރައްޔިތުންނާ އެކު މަޝްވަރާކުރަން ހަމަޖެހިފައިވަނީ، ސަރުކާރުގެ މަޝްވެރިކަމާގުޅޭ ސިޔާޞަތުގެ ދަށުން "މަސްވެރިކަމުގެ ނަފާއިތުރުކުރުން" މި މައުޞޫއަށެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވެސް ވާހަކަފުޅު ދައްކަވާނެއެވެ.

ތިނަދޫއަށް ވަޑައިގެންނެވުމަށްފަހު ރައީސް ސޯލިހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތު ކަނޑައެޅުމުގައި މަސްވެރިންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް އޮންނަ ހޮޅުއަށީގައި ބައިވެރިވުމަށް ގދ. ތިނަދޫއަށް ޒިޔާރަތްކުރުމަކީ ލިބުނު ބޮޑު އުފަލެއްކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ ކަނޑުތަކުގެ ނަފާ ދިވެހިންނަށް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިއީ "ޖަޒީރާ ހޮޅުއަށި" ސިލްސިލާގެ ދަށުން ބާއްވާ ތިންވަނަ ބައްދަލުކުރެއްވުމެވެ. މި ސިލްސިލާގެ މަގުސަދަކީ ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި ސަރުކާރުން ގޮތް ނިންމުމުގައި ރައްޔިތުންގެ ލަފަޔާއި ހިޔާލު ހުރި ގޮތް ދެނެގަތުމެވެ. މި ސިލްސިލާގެ ކުރިން ބޭއްވި ދެ ބައްދަލުވުންތައް ވެސް ބާއްވާފައި ވަނީ މާލޭގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް