Advertisement
ކ. މާލެ
|
11 ޖުލައި 2019 | ބުރާސްފަތި 22:39
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަނީ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަނީ
ރައީސް އޮފީސް
ރައީސް ސޯލިހު
ހިޖުރަކުރުމާއި ބެހޭ ސިޔާސަތެއް އެކުލަވާލަނީ
އަހަރު ނިމޭއިރު 533،000 މީހުން ރާއްޖޭގައި ދިރިއުޅޭނެ
30 އިންސައްތަ އަކީ ބިދޭސީން
ކޮންމެ މީހަކީ ގާބިލު އުފެއްދުންތެރި ހުނަރުވެރި މީހަކަށްވާން ޖެހޭ

ރާއްޖެއަށް އެތެރެވާ މީހުންނާއި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ހިޖުރަކުރާ މީހުންނަށް ހިޖުރަކުރުމާއި ބެހޭ ސިޔާސަތެއް އެކުލަވާއިލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ބޭއްވި ދުނިޔޭގޭ އާބާދީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މި އަހަރު ނިމޭއިރު 533،000 (ފަސްލައްކަ ތެއްތެރީސް ހާސް) އަށް ވުރެ ގިނަ މީހުން ރާއްޖޭގައި ދިރިއުޅޭނެ ކަމަށް އަންދާޒަ ކުރެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން 30 އިންސައްތަ އަކީ ބިދޭސީންނަށްވާއިރު، އެމީހުންގެ ފަރާތުން ރާއްޖޭގެ އިގްތިސާދަށް ފައިދާތަކެއް ކުރާ ކަމަށް ވިދާޅުވިއެވެ.

Advertisement

ހަމައެއާއިއެކު ރާއްޖޭގެ އާމްދަނީގެ މަތީ މިންވަރެއް ރާއްޖެ އިން ބޭރުވަމުންދާ ކަމަށާއި، އެކަމާއި މެދު ފުންކޮށް ވިސްނާ އަވަސް ހައްލެއް ހޯދަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއަށް ހިޖުރަ ކުރާ ބިދޭސީންނާއި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ ބޭނުން ހެޔޮގޮތުގައި ހިފޭނޭ ގޮތް ހެދުމަށްޓަކައި މައިގްރޭޝަން ޕޮލިސީއެއް އެކުލަވައިލުމަށް ސަރުކާރުން ވަނީ ރާވާފައި.
އިބްރާހިމް މުހައްމަދު ސޯލިހު ~ ރައީސުލްޖުމްހޫރިއްޔާ ~

ރައީސް ސޯލިހު ވިދާޅުވީ، ކޮންމެ ގައުމެއްގެ ހަޒާނާއަކީ އެ ގައުމުގެ ރައްޔިތުންނަށްވާއިރު، ރާއްޖެ އަށް ލިބޭ ކުރިއެރުމާއި ތަރައްގީގެ ފައިދާ ރައްޔިތުންނަށް ފޯރުކޮށް ދިނުމަށްޓަކައި ރަނގަޅު ގޮތްތަށް ހޯދަން ޖެހޭ ކަމަށެވެ. ކޮންމެ މީހަކީ ގާބިލު އުފެއްދުންތެރި ހުނަރުވެރި އަދި އީޖާދީ ގޮތްތަކަށް ހެދޭ ގޮތަށް ތައުލީމީ ސިޔާސަތު ކުރިޔަށް ގެންދިޔުމަކީ މުހިއްމު ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
15 ޖުލައި 2019 | ހޯމަ 03:49
ރެކިފުތާ
ބަންގާޅިންނަށް ފުރުސަތުދޭވެގެން ކުރާކަމެއް. ބަންގާޅިންނަކީ ދުނިޔޭގެ އެއްވެސްގައުމަކަށް މިރާއްޖެ ފިޔަވާ ހިޖުރަކުރުން ހުއްދައޮންނަ ބައެއްނޫން. އެމީހުންނަކީ ދުނިޔޭގައިވެސް އެންމެ ގޮތްކުޑަ މީހުން ގިނަގައުމަކަށްވާތީ. މިގައުމަށް މިވެރިން އެތެރެކުރަނީ ރާއްޖެ ދަވާލައިގެންމަހުޖަނުންނަށްވެފައި ތިބި ރިސޯޓު ބޮޑުންތައް.