Advertisement
ކ. މާލެ
|
11 ޖުލައި 2019 | ބުރާސްފަތި 23:00
ޖޭއެސްސީން ބަލަމުންދަނީ ސައީދުއާ ބެހޭ ގޮތުން ހުށައެޅިފައިވާ ސުލޫކީ ދެ މައްސަލައެއް
ޖޭއެސްސީން ބަލަމުންދަނީ ސައީދުއާ ބެހޭ ގޮތުން ހުށައެޅިފައިވާ ސުލޫކީ ދެ މައްސަލައެއް
ސަން އޮންލައިން
ޖުޑީޝަލް ސަރވިސް ކޮމިޝަން
ގާޒީ ސައީދުގެ ތަހުގީގު އާއްމުންނަށް ހުޅުވާލާނެ
ތަހުގީގު އޮންނާނީ އާދިއްތަ ދުވަހު
ސުލޫކީ ދެ މައްސަލައެއް ހުށައެޅިފައިވޭ
މޯބައިލް ފޯނު ފިޔަވާ އިތުރު އެއްޗެއް ނުވެއްދޭނެ

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސަސްޕެންޑްކޮށްފައިވާ ފެމިލީ ކޯޓުގެ އިސް ގާޒި ހަސަން ސައީދުގެ ޝަރީޔަތް އާއްމުންނަށް ހުޅުވާލާނެ ކަމަށް ޖޭއެސްސީން ބުނެފިއެވެ.

ޖޭއެސްސީން ބަލަމުންދަނީ ސައިދާ ބެހޭ ގޮތުން އެ ކޮމިޝަނަށް ހުށައެޅިފައިވާ ސުލޫކީ ދެ މައްސަލައެކެވެ. މައްސަލަ ބަލައި ނިމެންދެން ސައީދު ވަނީ މަގާމުން ސަސްޕެންޑް ކޮށްފައެވެ.

Advertisement

ބުރާސްފަތި ދުވަހު ޖޭއެސްސީން ނެރެފައިވާ ބަޔާނެއްގައި ބުނީ، އަންނަ ހަފްތާގެ އާދިއްތަ ދުވަހު ޕޯސްޓް ބިލްޑިންގެ ހަވަނަ ފަންގިފިލާ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައީދުގެ އަޑުއެހުމަށް އާއްމުންގެ އިތުރުން މީޑިއާތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އެ ދުވަހުގެ މެންދުރު 13:30 ގެ ކުރިން ތަހުގީގީ މާލަމަށް ދިޔުމަށް ޖޭއެސްސީން ވަނީ އިލްތިމާސް ކޮށްފައެވެ.

އަޑު އެހުމަށް ވަންނަ ފަރާތްތަކުން އައިޑީކާޑް ގެންދަން ޖޭއެސްސީން ވަނީ އިލްތިމާސްކޮށްފައެވެ. ސަލާމަތީ ސަބަބުތަކަށްޓަކައި މޯބައިލް ފޯނު ފިޔަވާ އިތުރު އެއްޗެއް ތަހުގީގީ މާލާމަށް ނުވެއްދޭނެ ކަމަށް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން ވަނީ މީގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ތަހުގީގު އާއްމުންނަށް ހުޅުވާލައިގެން ދަރުބާރުގޭގައި ބާއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް