Advertisement
ކ. މާލެ
|
11 ޖުލައި 2019 | ބުރާސްފަތި 22:55
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ނ. މިލަދޫ ކައުންސިލަރުން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ނ. މިލަދޫ ކައުންސިލަރުން
ރައީސް އޮފީސް
ރައީސް
ރައީސް ނ. މިލަދޫ ކައުންސިލަރުންނާއި ބައްދަލުކުރައްވައިފި
މިލަދޫ ކައުންސިލަރުން ވަނީ އެރަށަށް މިހާރު އެންމެ މުހިންމު މަޝްރޫޢުތަކާބެހޭ މަޢުލޫމާތު ރައީސްއާއި ޙިއްޞާކުރައްވާފަ

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލަރުންނާ ބައްދަލު ކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި، މިލަދޫގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާބެހޭ މަޢުލޫމާތު ހޯއްދަވައި، ރައީސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި މިލަދޫ ކައުންސިލަރުން ވަނީ އެރަށަށް މިހާރު އެންމެ މުހިންމު މަޝްރޫޢުތަކާބެހޭ މަޢުލޫމާތު ރައީސްއާއި ޙިއްޞާކުރައްވާފައެވެ. އެގޮތުން އެރަށުގެ ބަނދަރުގެ މަޝްރޫޢާ، ކައުންސިލު އިދާރާ ހިންގާނެ އިމާރާތެއް ނެތުމުގެ މައްސަލައިގެ އިތުރުން ރަށްގިރުމުގެ މައްސަލައާއި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑެއްގެ މުހިންމުކަން ކައުންސިލަރުން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

Advertisement

މީގެ އިތުރުން، މި ބައްދަލުވުމުގައި މިލަދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާ ރައީސް ވަނީ ޙިއްޞާކުރައްވާފައެވެ.

ކައުންސިލުން ހުށަހެޅުއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން، އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް