Advertisement
ކ. މާލެ
|
11 ޖުލައި 2019 | ބުރާސްފަތި 20:25
މިނިސްޓަރ އަލީ ވަހީދު ގެސްޓް ހައުސް ސިމްޕޯޒިއަމްގައި ވާހަކަފުޅު ދައްކަވަނީ
މިނިސްޓަރ އަލީ ވަހީދު ގެސްޓް ހައުސް ސިމްޕޯޒިއަމްގައި ވާހަކަފުޅު ދައްކަވަނީ
ރާއްޖެއެމްވީ
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު
ފަތުރުވެރިކަން ކުރިއަރުވަން ޓޫރިޒަމް މިނިސްޓަރު ތިން އަތޮޅެއްގެ ހަތް ރަށަކަށް ދަތުރުފުޅެއް ފައްޓަވައިފި
މިއީ އަތޮޅުތަކަށް މިނިސްޓަރ ކުރައްވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެއް
މިދަތުރުފުޅުގައި ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ވ. މ. އަދި ފ. އަތޮޅުގެ ހަތް ރަށަކަށް
ކައުންސިލްތަކާއި މަސްލަހަތުވެރިންނާ މިނިސްޓަރ އަލީ ވަހީދު ބައްދަލުކުރައްވާނެ

ފަތުރުވެރިކަން ކުރިއަރުވަން ކުރަން ހުރި މަސައްކަތްތަށް ދެނެގަންނަން، ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ތިން އަތޮޅެއްގެ ހަތް ރަށަކަށް ދަތުރުފުޅެއް ފައްޓަވައިފިއެވެ.

މިނިސްޓަރގެ މިދަތުރުފުޅުގައި ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ވ. މ. އަދި ފ. އަތޮޅުގެ ހަތް ރަށަކަށެވެ. އެގޮތުން މިދަތުރުފުޅުގައި ފ.މަގޫދޫ، ފ.ބިލެއްދޫ، މ.ވޭވަށް، މ.މުލި، ވ.ރަކީދޫ، ވ.ތިނަދޫ އަދި ވ.ކެޔޮދޫ އަށް މިނިސްޓަރ ޒިޔާރަތް ކުރައްވާނެއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރައްވާ މިދަތުރުފުޅުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތަަކާއި ދަތިތައް އޮޅުންފިލުވައި، އެ ރަށްތަކުގައި ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމާގުޅޭގޮތުން ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި މަޝްވަރާކުރެވޭނެއެވެ. އޭގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ މަސްއޫލުވެރިންނާއި މިނިސްޓަރ ބައްދަލުކުރައްވަން ހަމަޖެހިފައިވެއެވެ.

Advertisement

މިނިސްޓްރީން ބުނެފައިވަނީ މި ދަތުރުފުޅުގެ މަގުސަދަކީ މި އަތޮޅުތަކުގައި ފަތުރުވެރިކަން ތަަރައްގީ ކުރުމަށް ސިޔާސަތު ބައްޓަންކުރުމުގައި ބޭނުންވާ ޙިޔާލާއި ލަފާ ހޯދުން ކަމަށެވެ.

މީގެ ކުރިން ވެސް މިނިސްޓަރ ވަނީ ކައުންސިލްތަކާއި މަސްލަހަތުވެރިންނާ ބައްދަލުކުރައްވަން ދަތުރުފުޅުތަކެއް ކުރައްވާފައެވެ. އެގޮތުން މިނިސްޓަރ ވަނީ މިދިޔަ މޭ މަހުގެ ތެރޭގައި ހުވަދު އަތޮޅުގެ ހަތަރު ރަށަކަށާއި ދ.ކުޑަހުވަދޫއަށް ޒިޔާރަތްކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް