Advertisement
ކ. މާލެ
|
11 ޖުލައި 2019 | ބުރާސްފަތި 15:01
އެމިހާ ވެއްޓުނު ވައިގޮޅި
އެމިހާ ވެއްޓުނު ވައިގޮޅި
ޕޮލިސް
ވައި ގޮޅިއަށް މީހަކު ވެއްޓުން
ވައިގޮޅިން ވެއްޓުނު މީހާ މަރުވެއްޖެ
މަރުވީ 70 އަހަރުގެ މީހެއް
މަރުވީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް

މާލޭގެ ގެއެއްގެ ވައިގޮޅިއަށް ވެއްޓުނު އުމުރުން 70 އަހަރުގެ އަންހެން މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.

އެމީހާ މަރުވެފައިވަނީ އައިޖީއެމްއެޗް ގައި ފަރުވާދެމުންދަނިކޮށް މެންދުރުގެ ވަގުތެއްގައެެވެ.

ފުލުހުން ބުނީ އެ ހާދިސާގައި އަންހެން މީހާގެ ބޮލުގެ ފުއްކިބަ ފަޅައިގެން ގޮސް، ކަނާތު ފައި ފަލަމަސްގަނޑާއި ހަމައިން ބިންދައިގެން ގޮސް، ވާތުފައިގެ ކުޑަހުޅު ވެސް ބިނދިފައިވާ ކަމަށެވެ.

Advertisement

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހްގީގު ކުރަމުންނެވެ.

މީގެ ކުރިން ވަނީ ލިފްޓް ގޮޅިއަކަށް އުމުރުން ދުވަސްވީ އަންހެނަކު ވެއްޓިފައެވެ. ހ. ފެންނާގެ ހަތަރު ވަނަ ފަންގިފިލާގެ ލިފްޓް ގޮޅިއަށް އުމުރުން ހަތް މަހުގެ ތުއްތު އަންހެން ކުއްޖަކާއި އެ ކުއްޖާގެ މާމަ ވެއްޓިފައިވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އެ ހާދިސާގައި ލިފްޓް ގޮޅިއަށް ވެއްޓުނު ތުއްތު ކުއްޖާ ވަނީ މަރުވެފައެވެ.

ލިފްޓް ބަހައްޓަން ހަދާފައި ހުންނަ ގޮޅިތައް ބަންދުނުކޮށް އެތައް ދުވަހެއް ވަންދެން ބަހައްޓާފައި ހުރުމަކީ އިމާރާތް ކުރާ ފަރާތްތަކުން ކުރަމުން އަންނަ އާއްމުކަމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް