Advertisement
ކ. މާލެ
|
11 ޖުލައި 2019 | ބުރާސްފަތި 09:51
އަންހެން މީހާ ވެއްޓުނު ވައި ގޮޅި
އަންހެން މީހާ ވެއްޓުނު ވައި ގޮޅި
ޕޮލިސް
ވައި ގޮޅިއަށް މީހަކު ވެއްޓުން
އުމުރުން ދުވަސްވީ މީހަކު ވައި ގޮޅިއަށް ވެއްޓި ބޮޑެތި އަނިޔާތަކެއް
ވައި ގޮޅިއަށް ވެއްޓިފައިވަނީ އުމުރުން 76 އަހަރުގެ އަންހެނެއް
އޭނާގެ ބޮލުގެ ފުއްކިބަ ފަޅައިގެން ގޮސް، ކަނާތު ފައި ފަލަމަސްގަނޑާއި ހަމައިން ބިންދައިގެން ގޮސް، ވާތުފައިގެ ކުޑަހުޅުވެސް ވަނީ ބިދިފައި
އޭނާ އަށް އައިޖީއެމްއެޗް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުން

މާލޭގެ ގެއެއްގެ ވައިގޮޅިއަށް އުމުރުން ދުވަސްވީ އަންހެނަކު ވެއްޓި އޭނާ އަށް އައިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ބުނީ މާފަންނު ގެއެއްގެ 4 ވަނަ ފަންގިފިލާއިން ވައި ގޮޅިއަށް ވެއްޓިފައިވަނީ އުމުރުން 76 އަހަރުގެ އަންހެނެއް ކަމަށެވެ. އަދި އޭނާ ވައިގޮޅިން ނަގައިގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވެއެވެ.

ފުލުހުން ބުނީ މި ހާދިސާގައި އަންހެން މީހާގެ ބޮލުގެ ފުއްކިބަ ފަޅައިގެން ގޮސް، ކަނާތު ފައި ފަލަމަސްގަނޑާއި ހަމައިން ބިންދައިގެން ގޮސް، ވާތުފައިގެ ކުޑަހުޅު ވެސް ބިނދިފައިވާ ކަމަށެވެ.

Advertisement

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހްގީގު ކުރަމުންނެވެ.

މީގެ ކުރިން ވަނީ ލިފްޓް ގޮޅިއަކަށް އުމުރުން ދުވަސްވީ އަންހެނަކު ވެއްޓިފައެވެ. ހ.ފެންނާގެ ހަތަރުވަނަ ފަންގިފިލާގެ ލިފްޓް ގޮޅިއަށް އުމުރުން ހަތް މަހުގެ ތުއްތު އަންހެން ކުއްޖަކާއި އެ ކުއްޖާގެ މާމަ ވެއްޓިފައިވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.އެ ހާދިސާގައި ލިފްޓް ގޮޅިއަށް ވެއްޓުނު ތުއްތު ކުއްޖާ ވަނީ މަރުވެފައެވެ.

ލިފްޓް ބަހައްޓަން ހަދާފައި ހުންނަ ގޮޅިތައް ބަންދުނުކޮށް އެތައް ދުވަހެއް ވަންދެން ބަހައްޓާފައި ހުރުމަކީ އިމާރާތް ކުރާ ފަރާތްތަކުން ކުރަމުން އަންނަ އާއްމުކަމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް