Advertisement
ކ. މާލެ
|
11 ޖުލައި 2019 | ބުރާސްފަތި 02:30
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި
ޝުއައިބް މުހައްމަދު އިގްބާލް
ޓޫރިޒަމް މިނިސްޓްރީ
ރަޖިސްޓްރީ ނުކޮށް 20 ގެސްޓް ހައުސްއެއް ހިންގާ: އަލީ ވަހީދު
މިހާތަނަށް 10 އަތޮޅެއްގެ 37 ރިސޯޓް ޗެކްކޮށްފައިވޭ
ޗެކް ކުރަނީ ފުލުހުންނާއި ގުޅިގެން
ވޯލްޑް ޓޫރިޒަމް ޑޭގެ ކުރިން އިންސްޕެކްޝަން ނިންމާލާނެ

ރަޖިސްޓްރީ ނުކޮށް ގަވާއިދާ ހިލާފަށް 20 ގެސްޓް ހައުސްއެއް ހިންގަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ، އެ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ފަތުރުވެރިންނަށް ހިދުމަށްދޭ ހުރިހާ ތަންތަނުގެ ''އިންސްޕެކްޝަން'' ޓޫރިޒަމް މިނިސްޓްރީއާ ފުލުހުންނާއި ސިފައިންނާއި ގުޅިގެން މި އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް 10 އަތޮޅެއްގެ 37 ރިސޯޓާއި ތިން ޓޫރިސްޓު ހޮޓާލާއި 121 ގެސްޓް ހައުސްގެ އިތުރުން 48 ޑައިވް ސެންޓަރ ވަނީ އިންސްޕެކްޓް ކޮށްފައެވެ.

މީހުން ދިރިއުޅޭ ރަށުގެ 31 ގެސްޓް ހައުސް ވެސް ޗެކްކުރުމުގެ ތެރޭގައި 20 ގެސްޓް ހައުސްއެއް ރެޖިސްޓްރީ ނުކޮށް ހިންގަމުންދާކަން މިހާތަނަށް ފާހަގަވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެތަންތަން އިންސްޕެކްޓް ކުރާއިރު ބަލާފައިވާނީ ފަތުރުވެރިކަމުގެ ސަލާމަތީ ރައްކާތެރި ކަމަށް އެޅިފައިވާ ފިޔަވަޅުތަކާއި، މުވައްޒަފުންނަށް ލިބެން ހުރި ހިދުމަތްތަކުގެ އިތުރުން ދިވެހި މުވައްޒަފުން ތިބި އަދަދެވެ.

Advertisement

އެ މަސައްކަތް ފަށާފައިވަނީ އިންޑަސްޓްރީގެ ހިޔާލާއި މަޝްވަރާ ހޯދަމަށް ފަހުއެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހިންނަށް ފުރުސަތުތައް މަދުވެގެން އުޅޭނީ ''އޯވާ ނައިޓަކުން'' ނޫންކަން ހިތާމާއާ އެކު ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެކަން އެހެން ވެފައި އޮތީ މީގެ ކުރީގެ ސަރުކާރުން އެކަންތައް ބަލަންވާ ވަރަށް ނުބެލިގެން ކަމަށެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ހުރި ތަންތަނުގެ އިންސްޕެކްޝަން ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ''ދުނިޔޭގެ ފަތުރުވެރިކަމުގެ'' ދުވަހުގެ ކުރިން ނިންމާލެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާކުރެއެވެ. އިންސްޕެކްޝަނަށް ފަހު ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކައި އެކު އެއްމޭޒު ދޮށަށް ދިޔުމަށް ވަނީ ހަމަޖެހިފައިވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް