Advertisement
ކ. މާލެ
|
10 ޖުލައި 2019 | ބުދަ 22:43
ޔޫރަޕިއަން އިއްތިހާދު ގެ ކައުންޓަރ ޓެރަރިޒަމް ކޯޑިނޭޓަރު ގިލްސް ޑެ ކެރްޗޯވޭ
ޔޫރަޕިއަން އިއްތިހާދު ގެ ކައުންޓަރ ޓެރަރިޒަމް ކޯޑިނޭޓަރު ގިލްސް ޑެ ކެރްޗޯވޭ
ޓްވިޓަރ
އީޔޫ
އީޔޫ ގެ ކައުންޓަރ ޓެރަރިޒަމް ކޯޑިނޭޓަރު ރާއްޖެ ވަޑައިގަންނަވަނީ
ދަތުރުފުޅު ކުރައްވާނީ ޖުލައި މަހުގެ 11 އިން 16
ދިވެހި ސަރުކާރުގެ އިސް ފަރާތްތަކާއި ސަލާމަތީ ކަންތައްތައް ބަލަހައްޓާ އިސްބޭފުޅުންނާ ބައްދަލު ކުރައްވާނެ
ދެ ގައުމުގެ ޑިޕްލޮމެޓިކް ޖަމާއަތުގެ މަންދޫބުންނާ ބައްދަލު ކުރައްވާނެ

ޔޫރަޕިއަން އިއްތިހާދު (އީޔޫ) ގެ ކައުންޓަރ ޓެރަރިޒަމް ކޯޑިނޭޓަރު ގިލްސް ޑެ ކެރްޗޯވޭ ރާއްޖެ އާއި ސްރީލަންކާ އަށް ރަސްމީ ދަތުރުފުޅެއް ކުރަން ނިންމައިފިއެވެ.

ޖުލައި މަހުގެ 11 އިން 16 އަށް ކުރައްވާ މި ދަތުރުފުޅަކީ މި ދެ ގައުމުގެ ސަލާމަތީ ކަންތައްތައް އިތުރަށް ފުޅާކޮށް ތަޖުރިބާ ހިއްސާކުރުން އިތުރަށް ހަރުދަނާ ކުރުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.

Advertisement

މި ދަތުރުފުޅުގައި ކެރްޗޯވޭ ވަނީ ދިވެހި ސަރުކާރުގެ އިސް ފަރާތްތަކާއި ސަލާމަތީ ކަންތައްތައް ބަލަހައްޓާ އިސްބޭފުޅުންނާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައެވެ. ދެ ގައުމުގެ ޑިޕްލޮމެޓިކް ޖަމާއަތުގެ މަންދޫބުންނާ ވެސް މި ދަތުރުފުޅުގައި ކެރްޗޯވޭ ބައްދަލު ކުރައްވާނެއެވެ.

ގިލްސް ޑެ ކެރްޗޯވޭ އީޔޫ ގެ ކައުންޓަރ ޓެރަރިޒަމް ކޯޑިނޭޓަރު މަގާމު ފުރައްވާތާ މިހާރު 10 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް