Advertisement
ކ. މާލެ
|
10 ޖުލައި 2019 | ބުދަ 22:40
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ބ. ކުޑަރިކިލު ކައުންސިލަރުން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ބ. ކުޑަރިކިލު ކައުންސިލަރުން
ރައީސް އޮފީސް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ބ. ކުޑަރިކިލު ކައުންސިލަރުންނާ ރައީސް ބައްދަލު ކުރައްވައިފި
ބައްދަލުވުމުގައި ކުޑަރިކިލު ކައުންސިލަރުން ވަނީ އެރަށަށް އެންމެ މުހިންމު މަޝްރޫޢުތަކާބެހޭ މަޢުލޫމާތު ރައީސް އާއި ޙިއްޞާކުރައްވާފަ
އެރަށުގައި ހުރި އާސާރީ މިސްކިތް މަރާމާތުކުރުމާ ބެހޭގޮތުން މި ބައްދަލުވުމުގައި ކައުންސިލުން ވަނީ މަޝްވަރާކުރައްވާފަ
ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާ ރައީސް ޙިއްޞާކުރެއްވި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލަރުންނާއި ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާބެހޭ މަޢުލޫމާތު ހޯއްދަވައި މަޝްވަރާކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބުދަ ދުވަހު މެންދުރުފަހު ބޭއްވި މި ބައްދަލުވުމުގައި ކުޑަރިކިލު ކައުންސިލަރުން ވަނީ އެރަށަށް މިހާރު އެންމެ މުހިންމު މަޝްރޫޢުތަކާބެހޭ މަޢުލޫމާތު ރައީސް އާއި ޙިއްޞާކުރައްވާފައެވެ. އެގޮތުން އެރަށުގެ ބަނދަރުގައި ހުރި ދަތިތަކާއި ނަރުދަމާ ނިޒާމުގެ ހުރި މައްސަލަތަކުގެ އިތުރުން، ރަށުގެ ތަރައްޤީއަށް ބޭނުންވާ އިތުރު އެހެން ޕްރޮޖެކްޓްތަކާބެހޭ ގޮތުން ކައުންސިލުގެ ހުރި ކަންބޮޑުވުންތައް ކައުންސިލަރުން ރައީސް އާއި ޙިއްޞާކުރެއްވިއެވެ.

މީގެ އިތުރުން އެރަށުގައި ހުރި އާސާރީ މިސްކިތް މަރާމާތުކޮށް އަލުން ބޭނުންކުރެވޭނެ ގޮތް ހެދުމާއި ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި ކައުންސިލުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

Advertisement

މި ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ކުޑަރިކިލު ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާ ޙިއްޞާކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ކައުންސިލުން ހުށަހެޅުއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް