Advertisement
ކ. މާލެ
|
10 ޖުލައި 2019 | ބުދަ 22:37
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
މަޖިލިސް
މޯލްޑިވްސް ޕޮލިސް ސާވިސް
ހޯމް މިނިސްޓަރ މައުލޫމާތު ދެއްވީ ފުލުހުންގެ ރެކޯޑްތަކަށް ރިއާޔަތްކޮށްގެން: ފުލުހުން
ލުތުފީ ވަނީ މިހާރު ރާއްޖެ ގެނެވިފައި
އިމްރާން އަބްދުﷲ ދެއްކެވީ ތެދު ވާހަކަތަކެއް

8 ޖުލައި 2019ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުންކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އޮފް ހޯމް އެފެޔާޒް އިމްރާން އަބްދުﷲ އިތުރުފުޅު ހައްދަވައިފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަވަމުންގެންދާ ވާހަކަތައް ފުލުހުން ދޮގު ކޮށްފިއެވެ.

ބުދަ ދުވަހު ފުލުހުން ނެރުނު ނޫސް ބަޔާނުގައި ވާގޮތުން ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ހުކުމަށް ފިލައިގެން އުޅުނުއިރު އޭނާ ހައްޔަރު ކޮށްގެން މާލެ ގެނެވިފައިނުވާ ސަބަބާއި ފުލުހުން އެކަމުގައި ކޮށްފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން މިނިސްޓަރ އިމްރާން އަބްދުﷲ ދައްކަވާފައިވާ ވާހަކަފުޅުތަކަކީ މޯލްޑިވްސް ޕޮލިސް ސާވިސްގައި އެ މަސައްކަތްތަކާއި ގުޅޭގޮތުން ފެންނަން ހުރި ރިކޯޑްތަކުގެ މައްޗަށް ބިނާކޮށް ފޮލިސް ސާވިސްއިން އަރުވައިފައިވާ މައުލޫމާތާ އެއްގޮތަށް ދެއްކެވި ވާހަކަފުޅުތަކެއް ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ހޯދުމަށް ފާއިތުވެދިޔަ މުއްދަތުގައި ޕޮލިސް ސާވިސްގެ އިސްމަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މިނިސްޓްރީ އޮފް ހޯމް އެފެޔާޒްގެ މަގާމު އަދާ ކުރެއްވި ބޭފުޅުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެ މަސައްކަތްތަކުގައި ނިންމުނު ނިންމުންތައް އެމަސައްކަތް ހިންގަމުން ދިޔަ ޑިޕާޓްމެންޓްގައި ލޮގްކޮށް ރައްކާކުރެވިފައި ވާކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ ފުލުހުންގެ މަސައްކަތްތަކާއި ގުޅޭ ގޮތުން އިތުބާރު ހިފޭފަދަ މައުލޫމާތު ހުރިކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

Advertisement

ލުތުފީ ލަންކާގައި އުޅޭކަން ފަޅާ އަރުވާލީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުއެވެ. ލުތުފީ ރާއްޖެ ގެނައުމަކީ އެހާ މުހިއްމުކަމެއް ނޫން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ވިދާޅުވެފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ބޭރުގެ ކުލީ ސިފައިން ރާއްޖެ ގެނެސްގެން ދިން ރަހުމްކުޑަ އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދު ކޮށްލިއެވެ. ލުތުފީ އިސްކޮށް ހުރެ މިހަމަލާއާ ގުޅިގެން ލުތުފީ މަރަން ހުކުމްކުރި އެވެ. ނަމަވެސް އޭރުގެ ސަރުކާރުން އޭނާގެ އަދަބު ލުއި ކޮށްދެއްވައި އުމުރު ދުވަހުގެ ޖަލުހުކުމަކަށް ބަދަލުކުރިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް