Advertisement
ކ. މާލެ
|
10 ޖުލައި 2019 | ބުދަ 18:56
ވެލިނެގުމަށް ކަނޑައަޅައިފައިވާ ސަރަހައްދު ތަކުގެ ބޭރުން ވެލިނަގަމުން ގެންދާކަން އެޖެންސީއަށް ފާހަގަކުރެވިފައިވޭ
ވެލިނެގުމަށް ކަނޑައަޅައިފައިވާ ސަރަހައްދު ތަކުގެ ބޭރުން ވެލިނަގަމުން ގެންދާކަން އެޖެންސީއަށް ފާހަގަކުރެވިފައިވޭ
ރާއްޖެ އެމްވީ
ެއެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ
ގަވައިދާ ހިލާފަށް ވެލި ނަގާނަމަ ފިޔަވަޅު އަޅާނެ ކަމަށް އީޕީއޭ އިން ބުނެފި
ހުއްދަ ހޯދުމަކާއި ނުލާ ވެލިނެގުމަށް ކަނޑައަޅައިފައިވާ ސަރަހައްދު ތަކުގެ ބޭރުން ވެލިނެގުން
ޕަމްޕު ބޭނުންކޮށްގެން ވެލި ނަގައި ވިއްކުމާއި ކަނޑަށް އަޅައި ރިސޯސް އިސްރާފުކުރުން
ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދައި ހުއްދަ ހޯދުމަށްފަހު ހުއްދަ ދީފައިވާ މިންވަރަށް ވުރެ އިތުރަށް ވެލި ނެގުން

ގާނޫނާއި ގަވާއިދާ ހިލާފަށް ވެލި ނެގުމުގެ މަސައްކަތް ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

ޖުލައި 10 ވަނަ ދުވަހު އެ އެޖެންސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަހަކަށް އައިސް ގަވައިދާ ހިލާފަށް ވެލި ނެގުމުގެ މަސައްކަތް ކުރުން އާންމުވެފައިވާ ކަމަށެވެ. ހުއްދަ ހޯދުމަކާއި ނުލާ މެޝިނަރީ ބޭނުންކޮށްގެން ވެލިނެގުމަށް ކަނޑައަޅައިފައިވާ ސަރަހައްދުތަކުގެ ބޭރުން ރަށްރަށުގެ ގޮޑުދޮށް ތަކުންނާއި ފިނޮޅުތަކުން ވެލިނަގަމުން ގެންދާކަން އެޖެންސީއަށް ފާހަގަކުރެވިފައި ވާކަން ބަޔާނުގައިވެއެވެ.

Advertisement

ޕަމްޕު ބޭނުން ކޮށްގެން ވެލި ނެގުމާއި ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދައި ހުއްދަ ހޯދައިގެން ހިންގާ މަޝްރޫއުތަކުގައި ހުއްދަ ދީފައިވާ މިންވަރަށް ވުރެ އިތުރަށް ވެލި ނެގުމަށް ފަހު ވިއްކުމާއި ކަނޑަށް އަޅައި ރިސޯސް އިސްރާފުކުރުން ފަދަ ކަންކަމުގެ ޝަކުވާ ވެސް އީޕީއޭ އަށް ލިބިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މަސައްކަތް ކުރާ ފަރާތްތަކުންނާއި ކައުންސިލްތަކުން ހެދިފައިވާ ގާނޫނީ އިމުގެ ތެރެއިން ވެލި ނެގުމުގެ މަސައްކަތް ކުރުމަށް އެ އެޖެންސީ އިން ވަނީ އިލްތިމާސް ކުރައްވައިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް