Advertisement
ކ. މާލެ
|
10 ޖުލައި 2019 | ބުދަ 11:03
އޭސީސީގެ ރައީސް މުއައްވިޒް ރަޝީދު
އޭސީސީގެ ރައީސް މުއައްވިޒް ރަޝީދު
ޝުއައިބް މުހައްމަދު އިގްބާލް
ރައްޔިތުންގެ މަޖިލީސް
ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒާއެކު އޭސީސީގެ މެމްބަރުކަމަށް 12 ނަމެއް
ކޮމިޓީއަށް ފޮނުވާފައިވަނީ 12 މީހެއްގެ ނަން

އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ)ގެ މެމްބަރުކަމަށް ކުރިމަތިލި މެމްބަރުންގެ ނަންތައް ދިރާސާ ކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.

މެމްބަރުކަމަށް ކުރިމަތިލުމަށް އެދި ހުށައެޅުމަށް ހުޅުވާލާފައިވަނީ މިދިޔަ ޖޫން މަހުގެ 24 ގައެވެ.

Advertisement

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ވިދާޅުވީ އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލެއްވި މީހުންގެ ތެރެއިން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ 12 ފަރާތެއްގެ ނަން ފާހަގަކުރައްވާ ހިމަނުއްވާފައިވާ ކަމަށެވެ. އަދި މަޖިލީހަށް ފެންނަގޮތަކަށް އޭސީސީއަށް ކަނޑައަޅާ ފަސް މެމްބަރުންގެ ނަން ފާސްކޮށްދިނުމަށް އެދިލައްވާކަމަށް އެސިޓީގައި ވަނީ ވިދާޅުވެފައެވެ.

ރައީސް އަށް ފެނުވަޑައިގެންނެވި 12 ނަންފުޅު:

  1. ފާތިމަތު އަނޫލާ، ގ. ވަޑިނުޅުގެ
  2. އާރިފް ރަޝީދު، ބާޑް ވިލާ، ބ.ތުޅާދޫ
  3. ޒީނިޔާ އަބްދުﷲ، މަދޮށިމާގެ ހއ. ބާރަށް
  4. އިބްރާހިމް ޝަކީލް، ދަފްތަރު ނަންބަރު 3654
  5. އައިޝަތު އަބްދުﷲ، ރޯލްގޯލްގެ، ޅ. ހިންނަވަރު
  6. މަރިޔަމް ޝިއުނާ، ނެދުންގެ، ސ. ހިތަދޫ
  7. މުޖުތަބާ ހަމީދު ދީފްރަމްގެ ރ، ކަނދޮޅުދޫ
  8. އަލީ އަޝްރަފް، ދަފްތަރު ނަންބަރު 3366
  9. މަރިޔަމް އަހުމަދު، ގ. ޓްރަސްޓް ހޯމް
  10. ނިޔާޒު އިބްރާހިމް، ގްރޫމް، ގދ.، ތިނަދޫ
  11. އަބްދުﷲ މިޒްއާން، ރަތްވިލާގެ، ފ. މަގޫދޫ
  12. އާދަމް ޝާމިލް، ރަތްވިލާގެ، ތ. ލިލުފުށި

އޭސީސީގައި ތިއްބަވާނީ ފަސް މެމްބަރުންނެވެ. އެކަމިޝަނަށް މެމްބަރުން ނަގަނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހަށް އެމެމްބަރުންގެ ދައުރު ހަމަވާނެތީއެވެ. އޭސީސީގެ ރައީސްކަމުގައި ހުންނެވި ހަސަން ލުތުފީ ވަނީ މިމަހުގެ ތިން ވަނަ ދުވަހު އިސްތިއުފާ ދެއްވާފައެވެ. އެހެންކަމުން މިހާރު އެކަމިޝަންގައި ތިއްބަވަނީ ހަތަރު މެމްބަރުންނެވެ.

އޭސީސީގެ ދައުރަކީ ފަސް އަހަރެވެ. އޭސީސީގެ މިހާރުގެ މެމްބަރުންނަކީ ކޮމިޝަނުގެ ރައީސް މުއައްވިޒް ރަޝީދާއި ނައިބު ރައީސް އާމިނަތު މިންނާއާއި މެމްބަރު ސަފްވަތު މުހައްމަދާއި ޔަޒްމީދު އަހުމަދެވެ. އޭގެ ތެރެއިން މުއައްވިޒު ފުރިހަމަ ކުރައްވަމުން ގެންދަނީ ދެވަނަ ދައުރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
10 ޖުލައި 2019 | ބުދަ 17:42
ޢައިސާ
ތި 12 މެމްބަރުން ހޮވި ގޮތެއްވެސް ލިޔެލަބަލަ. ކުލައަށް ބަލާފަތަ ނުވަތަ މޫނަށް ބަލާފަތަ؟. މިހެން ބުނަން ޖެހުނީ ތީގެ 12 މީހުންގެ ތެރެއިން ނުހިމެނޭ، އެހެނަސް ތަޖުރިބާ އާއި ތަޢުލީމީ ފެންވަރު ތި 12 މެމްބަރުންގެ ތެރެއިން ހިމެނުނު ބައެއް މެމްބަރުންނަށް ވުރެ ރަނގަޅު، އަދި ނަޒާހަތްތެރި މީހުން ސިޓީލިކަން އެގޭތީ.
10 ޖުލައި 2019 | ބުދަ 12:04
ޅަބޭބާ
ނިޔާޒު ވަރުގެ ނަޒާހަތްތެރިބޭފުޅަކު މި ފަހަކުން އަޅުގަނޑަށް ފާހަކުރެވިފައެްނެތް.!