Advertisement
ކ. މާލެ
|
10 ޖުލައި 2019 | ބުދަ 02:46
ރައީސް ނަޝީދު (ކ) އަދި މިނިސްޓަރ އިމްރާން (ވ)
ރައީސް ނަޝީދު (ކ) އަދި މިނިސްޓަރ އިމްރާން (ވ)
މުހައްމަދު ޝަރުހާން
ރައީސް ނަޝީދު
މިނިސްޓަރ އިމްރާން އިތުރުފުޅު ނަހައްދަވާނެ: ރައީސް ނަޝީދު
މަޖިލިސް ތަޅުމުގައި ހޯމް މިނިސްޓަރ އިމްރާން އިތުރުފުޅު ހައްދަވާނެ ކަމަށް ދެކިގެން ނުވާނެ
ލުތުފީ ރާއްޖެ ގެނެވުނީ އިމްރާންގެ ހޯމް މިނިސްޓަރު ކަމުގައި

ހޯމް މިނިސްޓަރ ޝައިހް އިމްރާން އަބްދުﷲ އިތުރުފުޅު ނަހައްދަވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ކުރެއްވި ޓުވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ތަޅުމުގައި ހޯމް މިނިސްޓަރ އިމްރާން އިތުރުފުޅު ހައްދަވާނެ ކަމަށް ދެކިގެން ނުވާނެ ކަމަށެވެ.

Advertisement

ރައީސް ނަޝީދު ވިދާޅުވީ، އެތައް ޕޮލިސް ކޮމިޝަނަރަކާއި، ހޯމް މިނިސްޓަރުންގެ ދައުރު ނިމިގެންދިޔަ އިރުވެސް 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގެ އަބްދުﷲ ލުތުފީ ރާއްޖެ ގެނެވިފައިނުވާ ކަމަށެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރައީސް ކަމުގައި، އިމްރާންގެ ހޯމް މިނިސްޓަރުކަމުގައި އަދި މުހައްމަދު ހަމީދުގެ ސީޕީ ކަމުގައި އެކަން ކުރެވިފައިވާ ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ލުތުފީ ރާއްޖެ ނުގެނުވުމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިހުމާލު އޮތްކަމަށް ދޭހަވާ ގޮތަށް މިނިސްޓަރ އިމްރާން ހޯމަ ދުވަހު މަޖިލީހުގައި ދެއްކެވި ވާހަކަތައް ކުރީގެ ޕޮލިސް ކޮމިޝަނަރުން ދޮގު ކުރެއްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

އިމްރާން ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުގައި ވެސް ލުތުފީ ހައްޔަރުކޮށް މާލެ ގެނެވެން އޮތް ކަމަށެވެ. އެކަމަކު އެކަން ނުކުރެވުނީ އޭރުގެ ހޯމް މިނިސްޓަރު އުމަރުގެ ހުއްދަ ނުލިބިގެން ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

މީގެއިތުރުން ލުތުފީ ރާއްޖެ ގެނައުމަކީ މުހިއްމު ކަމެއް ނޫން ކަމަށް ވިދާޅުވެ ފުލުހުންނަށް އޭރު އެންގެވީ އުމަރު ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
10 ޖުލައި 2019 | ބުދަ 09:53
މޯޑީދަގްރޭޓް
ލަޑަޔާ ވާނީ ލަޑަޔާ
10 ޖުލައި 2019 | ބުދަ 09:36
މުހަންމަދު
އިތުރުފުޅެންނަހައްދަވަ ހައްދަވަނީބުހުތާނުބޮޑެތިދޮގު