Advertisement
ކ. މާލެ
|
10 ޖުލައި 2019 | ބުދަ 01:07
ފުލުހުންތަކެއް
ފުލުހުންތަކެއް
ރައްޔިތުންގެ މަޖިލިސް
ފުލުހުން އަނިޔާކުރުން
އަނިޔާކުރި އޮޕަރޭޝަންގަ ބައިވެރިވި ފުލުހުންގެ އަދަދުގައި އޮޅުމެއްވޭ
އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރު އަހުމަދު ހަމީދު ވިދާޅުވެފައިވަނީ އެ ކޮމިޝަނުގެ އިންވެސްޓިގޭޝަން ޓީމުން ހިންގި ތަހުގީގުގައި، ފުލުހުންގެ ނުވަ އޮފިސަރަކު އެ އޮޕަރޭޝަންގައި ބައިވެރިވި ކަމަށް
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ އަހުމަދު ވިދާޅުވެފައިވަނީ އެ އޮޕަރޭޝަނުގައި ބައިވެރިވެފައިވަނީ އަށް ފުލުހުން ކަމަށް
ފަހާ އަތުލި މީހާގެ ގައިގަ ބޮޑެތި އަނިޔާތައް ހުރި
ފިލަން ދުވި މީހާ ހައްޔަރު ކޮށްފައިވަނީ ސަސްޕެންޑް ނުކޮށް ދޫކޮށްލި އޮފިސަރ

ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓްގެ ފުލުހުންތަކެއް މިހާކަށް އަނިޔާ ކުރި މައްސަލައިގައި ބައިވެރިވި ފުލުހުންގެ އަދަދުގައި އޮޅުންތަކެއްވެއެވެ.

5 ޖުލައި ވީ ހުކުރު ދުވަހުގެ ރޭ ގާތްގަނޑަކަށް 19:35 ހާއިރު ހިންގި އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން، މ. އުޖާލާގެ ބަލާ ފާސްކުރިއިރު އެ އޮޕަރޭޝަނުގައި ހަރަކާތްތެރިވި ފުލުހުންގެ އަދަދުގައި އޮޅުމެއްވެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ހޮނިހިރު ދުވަހު ބޭއްވި ހިއުމަން ރައިޓްސް ކޮމިޝަނުގައި ވާހަކަފުޅުދައްކަވަމުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރު އަހުމަދު ހަމީދު ވިދާޅުވެފައިވަނީ އެ ކޮމިޝަނުގެ އިންވެސްޓިގޭޝަން ޓީމުން ހިންގި ތަހުގީގުގައި، އެ ސަރަހައްދުގައި ހުރި ސީސީޓީވީ ފުޓެޖް ބެލި ބެލުމުން، ފުލުހުންގެ ނުވަ އޮފިސަރަކު އެ އޮޕަރޭޝަންގައި ބައިވެރިވި ކަމަށެވެ. އަދި އެ ނުވަ ފުލުހުންގެ ބަޔާން ވެސް ނަގާފައިވާނެ ކަމަށް ހަމީދު ވިދާޅުވެފައިވެއެވެ.

Advertisement

ނަމަވެސް ފުލުހުންގެ ފަރާތުން އެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ އަހުމަދު ވިދާޅުވެފައިވަނީ އެ އޮޕަރޭޝަނުގައި ބައިވެރިވެފައިވަނީ އަށް ފުލުހުން ކަމަށެވެ.

އެސިސްޓެންޓް ކޮމިޝަނަރ ވިދާޅުވި ގޮތުގައި އެ އޮޕަރޭޝަނުގައި ފާހަގަވި އަށް ފުލުހުންގެ ތެރެއިން ސަސްޕެންޑް ކުރެވިފައިވަނީ ހަތް ފުލުހެކެވެ. އެގޮތުން، އެތަނުގައި ސަސްޕެންޑް ނުކޮށް ދޫކޮށްލަފައިވަނީ އެ ގޭތެރެއިން ފިލައިގެން ދިޔަ ދިވެހި މީހާގެ ފަހަތުން ގޮސް އޭނާ ހިފެހެއްޓި އޮފިސަރެވެ.

" އަޅުގަނޑުމެންނަށް ފާހަގަވާ ގޮތުގައި އޭނަގެ އިންވޯލްވްމެންޓެއް، އަޅުގަނޑުމެންނަށް ވީޑިއޯއިން ފެންނަ މީހުންގެ ތެރެއަކު ނުހިމެނޭ"

އަދަދުތަކުގައި ތަފާތުތަކެއް ހުރުން އެކަށީގެންވާ ކަމަށް އެސިސްޓެންޓް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި މި މައްސަލައާއި ގުޅިގެން ހަތް ފުލުހަކު ސަސްޕެންޑް ކުރެވިފައިވާއިރު ބާކީ ހުރި އޮފިސަރަކީ އަނިޔާ ކުރުމުގައި ބައިވެރިވި އޮފިސަރެއް ނޫން ކަމަށާ އޭނާއަށް އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށެވެ.

މީގެ އިތުރުން، ހައްޔަރު ކޮށް އަނިޔާކުރި ބިދޭސީ މީހާއަށް ޖިސްމާނީ ގޮތުން މާ ބޮޑެތި އަނިޔާތަކެއް ވެފައިވާކަން ފާހަގަ ކުރެވިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެއާހިލާފަށް ފަހާ އަތުލި މީހާގެ ގައިގަ ބޮޑެތި އަނިޔާތައް ހުރިކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، އޭނާއަށް އަނިޔާ ވެފައި ވަނީ ފިލަން ދުވި ވަގުތު ވެއްޓުމުން ކަމަށް ވެސް އެސިސްޓެންޓް ކޮމިޝަނަރ ވިދާޅުވިއެވެ.

ފިލަން ދުވި މީހާ ހައްޔަރު ކޮށްފައިވަނީ ސަސްޕެންޑް ނުކޮށް ދޫކޮށްލި އޮފިސަރެވެ. އަދި އެމީހާ ހައްޔަރު ކުރި ސަރަހައްދުގެ ފުޓެޖް އަދި ލިބިފައި ނުވާ ކަމަށް އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރު ހަމީދު ވިދާޅުވެފައިވެއެވެ.

މި އޮޕަރޭޝަނުގައި އުޖާލާގެއިން ގާތްގަނޑަކަށް 461 ގްރާމުގެ މަސްތުވާތަކެތި އަތުލައިގަނެފައިވެއެވެ.

އަނިޔާ ކުރާ ވީޑިއޯ އާންމު ވުމާއެކު އެ ވީޑިއޯ ނެގިކަމުގެ ތުހުމަތުގައި މި އޮޕަރޭޝަން ހިންގި ފުލުހުން ވަނީ އޮޕަރޭޝަން ހިންގުނު ގޭގެ ކުރިމައްޗަށް ހުރި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރުގެ ގެއަށް ވަދެ ވީޑިއޯ ޑިލީޓް ކުރުމަށް ބުނެ އެގޭގެ މީހުންނަށް ބިރު ދައްކާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް