Advertisement
ކ. މާލެ
|
9 ޖުލައި 2019 | އަންގާރަ 22:03
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
މިހާރު
ބްރޯޑްކާސްޓިންގ ކޮމިޝަން
16 ޗެނަލެއްގެ ލައިސަންސް ބާތިލް ކުރުމަށް ކޯޓަށް ހުށަހަޅަނީ
16 ޓީވީ އަދި 6 ރޭޑިއޯ ޗެނަލެއްގެ ވެރިފަރާތްތަކަށް މިކަން އެންގުމަށް ވަކި ވަކީން ސިޓީ ފޮނުވާފައިވާނެ
ޚިދުމަތް ހުއްޓާލާފައި ބޭއްވޭނެ އެންމެ ދިގު މުއްދަތަކީ 180 ސަތޭކަ އަށްޑިހަ ދުވަސް
ދުވަސް ހަމަވާ ތާރީޚަކީ 28 ޖުލައި 2019 ކަމުގައި ވެސް ކޮމިޝަނުން އެ ފަރާތްތަކަށް ހަނދާންކޮށްދީފައިވޭ

ބްރޯޑްކާސްޓްކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން( ބްރޯޑްކޮމް) އިން ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޚިދުމަތް ހުއްޓާލާފައި ތިބި ފަރާތްތަކުން، އަލުން ޚިދުމަތް ނުފަށައިފިނަމަ އެ ފަރާތްތަކުގެ ލައިސަންސް ހިފެހެއްޓުމަށް ފަހު ލައިސަންސް ބާތިލްކުރުމަށް ކޯޓަށް ހުށަހެޅުމަށް އެ ކޮމިޝަނުން ނިންމައިފިއެވެ.

މިހާރު ޚިދުމަތް ހުއްޓާލާފައިވާ 16 ޓީވީ އަދި 6 ރޭޑިއޯ ޗެނެލެއްގެ ވެރިފަރާތްތަކަށް މިކަން އެންގުމަށް ވަކި ވަކީން ސިޓީ ފޮނުވާފައިވާނެ ކަމަށް އަންގާރަ ދުވަހު ބްރޯޑްކޮމް އިން ބުނެފައިވެއެވެ.

ބްރޯޑް ކާސްޓިންގ ގަވައިދުގެ 25 ވަނަ މާއްދާގެ (ހ) ގައި “ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތްދިނުމުގެ ލައިސަންސް ދޫކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން، ޚިދުމަތް ފޯރުކޮށްދޭ ފަރާތުން އެ ޚިދުމަތެއް ހުއްޓައިލާނަމަ، އެ ހުއްޓައިލާ ޗެނަލުގެ މަޢުލޫމާތާއެކު ސަބަބު ބަޔާންކޮށް އަދި ލިބިފައިވާ ލައިސަންސްގެ ދަށުން އެހެން ޗެނަލެއް ފަށާނަމަ، އެކަމުގެ މަޢުލޫމާތު މަދުވެގެން 15 (ފަނަރަ) ދުވަހުގެކުރިން ކޮމިޝަނަށް އެކަން އަންގަންވާނެކަމާއި އަދި ހަމަ އެ މުއްދަތުގެ ތެރޭގައި އެކަން އާންމުކޮށް އިޢުލާނު ކުރަންވާނެކަމާއި އެއީ ޚިދުމަތް ލިބިގަންނަ ފަރާތް އެނގޭގޮތަށް ދެވޭ ޚިދުމަތެއްނަމަ، ސީދާ އެފަރާތްތަކަށް އެކަން އެ މުއްދަތުގައި އަންގަންވާނެއެވެ.” ކަމުގައި ބުނެފައިވެއެވެ.

Advertisement

މީގެ އިތުރުން، މި ފަދައިން ޚިދުމަތް ހުއްޓާލާފައި ބޭއްވޭނެ އެންމެ ދިގު މުއްދަތަކީ 180 (ސަތޭކަ އަށްޑިހަ) ދުވަސް ކަމަށާ، ލިބިފައިވާ ލައިސަންސްގެ ދަށުން އެހެން ޗެނަލެއް ނުފަށާނެ ކަމަށް ކޮމިޝަނަށް އަންގައިފިނަމަ، ނުވަތަ ޚިދުމަތް ހުއްޓައިލުމަށް ފަހު، އެހެން ޚިދުމަތެއް ނުފަށާ 180 (ސަތޭކަ އަށްޑިހަ) ދުވަސް ވެއްޖެނަމަ، ލައިސަންސް ލިބިފައިވާ ފަރާތުގެ ލައިސަންސް ހިފެހެއްޓުމަށް ފަހު، ލައިސަންސް ބާޠިލުކުރުމަށް ކޯޓަށް ހުށަހެޅޭނެ ކަމަށް ވެސް އެ މާއްދާގައި ބަޔާން ކޮށްފައިވެއެވެ.

ބްރޯޑްކާސްޓްކުރުމުގެ ގަވައިދަށް ޢަމަލުކުރަން ފެށި ތާރީޚަކީ، 29 ޖަނަވަރީ 2019 ކަމުގައިވާތީ، އެ ޤަވައިދުގައި ބަޔާން ކޮށްފައިވާ 180 (ސަތޭކަ އަށްޑިހަ) ދުވަސް ހަމަވާ ތާރީޚަކީ 28 ޖުލައި 2019 ކަމުގައި ވެސް ކޮމިޝަނުން އެ ފަރާތްތަކަށް ހަނދާން ކޮށްދީފައިވެއެވެ.

އެގޮތުން، އެ ޗެނަލްތަކަށް ދޫކޮށްފައިވާ ލައިސަންސްގެ ދަށުން އެ ދުވަހުގެ ކުރިން އަލުން ބްރޯޑްކާސްޓްކުރަން ފަށާފައިނުވާނަމަ ނުވަތަ އެކަން ކޮމިޝަނަށް އަންގާފައިނުވާނަމަ، އެ ފަރާތަށް ދޫކޮށްފައިވާ ލައިސަންސް ހިފެހެއްޓުމަށް ފަހު، ލައިސަންސް ބާޠިލުކުރުމަށް ކޯޓަށް ހުށަހެޅޭނެ ވާހަކަ ވެސް އެ ފަރާތްތަކަށް ކޮމިޝަނުން ވަނީ އަންގާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް