Advertisement
ކ. މާލެ
|
9 ޖުލައި 2019 | އަންގާރަ 18:08
މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ތެރެއިން
މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ތެރެއިން
ޝުއައިބް މުހައްމަދު އިގްބާލް
ޖުޑީޝަރީ ކޮމިޓީ
56 ލޯޔަރުން އެއްފަހަރާ ސަސްޕެންޑް ކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ލަފައެއް ނެތި: ޑީޖޭއޭ
56 ވަކީލުން އެއްފަހަރާ ސަސްޕެންޑް ކޮށްފައިވަނީ 2017 ވަނަ އަހަރު
ޑީޖޭއޭ ހިންގަމުން ދަނީ ސުޕްރީމް ކޯޓުގެ ދަށުން

ފަންސާސް ހަ ލޯޔަރުން ސަސްޕެންޑް ކޮށްފައި ވަނީ ސުޕްރީމް ކޯޓުގެ ލަފައެއް ނެތިކަން ހާމަވާ ކަމަށް ޑިޕާޓްމަންޑް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން(ޑީޖޭއޭ) ބުނެފިއެވެ.

ޖުޑީޝަރީ ކޮމިޓީއަށް ޑީޖޭއޭ އަންގާރަ ދުވަހު ހާޒިރު ކޮށް ސުވާލުކުރުމުން ޖުޑިޝަލް އެޑްމިނިސްޓްރޭޓާ ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ އެމަގާމާ ހަވާލުވުމަށްފަހު ޑީޖޭއޭގެ އިންޓަރނަލް އޮޑިޓެއް ކުރެއްވި ކަމަށެވެ. އަދި އެ އޮޑިޓުން 56 ލޯޔަރުން ސަސްޕެންޑް ކޮށްފައިވަނީ ސުޕްރީމް ކޯޓުގެ އެންގުމަށް ކަމެއް އެނގޭނެ އެއްވެސް ލިޔެކިޔުމެއް ފެންނަން ނެތް ކަމަށް ވިދާޅުވިއެވެ.

Advertisement

އަޅުގަނޑު މަގާމާއި ހަވާލު ވެފައި ހެދި އިންޓަރނަލް އޮޑިޓެއްގައި އެކަން ފާހަގަވީ. އެގޮތުން އަޅުގަނޑުމެން ބަލަމުން ދިޔަ އިރުގައި އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނު. ދެން އަޅުގަނޑުމެންނަށް އޭގެ ސީދާ ސުޕްރީމް ކޯޓުގެ އިރުޝާދެއް ނެތި ހިނގާފައި އޮތް ކަމެއް ކަމެއް ހަމަ ގައިމު ވެސް ފަނިޔާރުންގެ މަޖިލީހުގެ ނިންމުމެއް އެކަމުގައި ނެތް ކަން އަޅުގަނޑަށް ހަމަ ކަށަވަރު.
ޖުޑިޝަލް އެޑްމިނިސްޓްރޭޓާ ޑރ. އަބްދުﷲ ނަޒީރު

ނަޒީރު ވިދާޅުވީ 56 ވަކީލުން ސަސްޕެންޑު ކުރުމަށް ސުޕްރީމް ކޯޓުގެ ލިޔުމެއް ނެތްކަމުގައި ވީނަމަވެސް އޭރު ޖުޑިޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވި ބޭފުޅަކު އެ ވަކީލުންނަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުންނަށް ހުށައެޅި ލިޔުންތައް އެބަހުރި ކަމަށެވެ. އަދި އެލިޔުންތަކުގައި ސޮއި ކުރައްވާފައި ވަނީ އޭރުގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ކަމަށް ވިދާޅުވިއެވެ.

އަޅުގަނޑު ބެލިބެލުމުގައި ލިޔުންތަކެއް ނެތް. އެކަމަކު މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އެކު ޑީޖޭއޭގައި އޭރު ހުންނެވި އެޑްމިނިސްޓްރޭޓަރަކު ސޮއި ކުރައްވާފައިވާ ދެ ސިޓީއެއް އަޅުގަނޑަށް ފެނުނު. އެއީ އަޅުގަނޑުމެންގެ އިންޓާނަލް އޮޑިޓަކުން. މިކަންތައްތައް އަޅުގަނޑުމެން ވާނީ ސުޕްރީމް ކޯޓާއި ހިއްސާ ކޮށްފައި.
ޖުޑިޝަލް އެޑްމިނިސްޓްރޭޓާ ޑރ. އަބްދުﷲ ނަޒީރު

ލޯޔަރުން އެއްފަހަރާ ސަސްޕެންޑް ކުރި އިރު ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ކަމުގެ މަގާމުގައި އޭރު ހުންނެވީ ހަސަން ސައީދެވެ. އޭނާގެ މަގާމު ގެއްލުނީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހައްޔަރުކުރުމުން އޭނާ އެ މަގާމުން ވަކި ކޮށްފައި ވާތީ އެވެ. އޭގެ ފަހުން އެ މަގާމަށް ހުޅުވާލި ފުރުސަތުގައި ޑރ. އަބްދުﷲ ނަޒީރު އެމަގާމަށް އައްޔަން ކުރީ އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

މި މައްސަލާގައި ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ " އެމައްސަލަ ވަކި ބައެއްގެ އިސްތަށިފުޅަށް ކަނޑުއްވާލަނީ ތޯ"ވިދާޅުވެ ނަޒީރާއި ސުވާލު ކުރައްވާފައެވެ. އެއަށް ޖަވާބު ދެއްވައިޑީޖޭއޭގެ ތަރުޖަމާންފައިސަލްއާދަމް ވިދާޅުވީ ނަޒީރު "އެ ވިދާޅުވަނީ އެއީ ވަކި މީހެއްގެ ބޮލަށް މައްސަލަ ޖައްސަވަނީ ނޫން"ކަމަށާއި އޭނާ ދަންނަވަނީ 56 ވަކީލުން ސަސްޕެންޑް ކުރުމަށް އެންގި ލިޔުމެއް އެ އިދާރާގައި ނެތް ވާހަކަ ކަމަށެވެ.

56 ވަކީލުން އެއްފަހަރާ ސަސްޕެންޑް ކޮށްފައިވަނީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އޭގެތެރެއިން ބައެއް ވަކީލުންގެ ސަސްޕެންޝަން އޭރު އުވާލާފައިވަނީ އެ ވަކީލުން ސުޕްރީމް ކޯޓުގައި މައާފަށް އެދުމުނެންވެ.

ގާނޫނީ ދާއިރާގައި ހުރި މައްސަލަތައް ފާހަގަ ކޮށް 56 ވަކީލަކު ޕެޓިޝަނެއްގައި ސޮއިކޮށް ސުޕްރީމް ކޯޓަށް ހުށައެޅުމުން ޑީޖޭއޭއިން ސަސްޕެންޑް ކޮށްފައިވަނީ ގާނޫނު އަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް ޢަދުލު އިންޞާފު ގާއިމުކުރުމުގެ ބާރުގެ މުސްތަޤިއްލުކަމާއި، ފަނޑިޔާރުންގެ މުސްތަގިއްލުކަމަށް ހުރަސް އެޅޭގޮތަށް ޖަމާޢަތް ހަދައިގެން ޣައިރުގާނޫނީ ގޮތެއްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ދޮށަށް އެއްވެ، ޢަދުލު އިންޞާފުގެ ބާރުގެ މަސައްކަތާއި ބެހި، ނުފޫޒު ފޯރުވަން މަސައްކަތްކުރުމުން ކަމަށް ބުނެއެވެ. އަދި ކޯޓުތައް ކޯޓުތަކުގެ އިހްތިސާސްތަކާއި ކޯޓުތަކުގެ އިޖުރާއަތުތަކާއި، ކޯޓުތަކުން ނިންމާ ނިންމުންތަކާ ޚިލާފު ޣައިރު ގާނޫނީ ލިޔުމެއް ލިޔެ، އެ ލިޔުމުގައި ސޮއިކޮށް، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރަށް ދަތިކޮށް، ކޯޓުތަކުގެ ޙުރުމަތް ކެނޑި މައްސަލަ ބަލައި ތަހުގީގުކުރަމުންދާތީ ކަމަށެވެ.

ޑީޖޭއޭ ހިންގަމުން ދަނީ ސުޕްރީމް ކޯޓުގެ ދަށުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
- ކޮމެންޓް
10 ޖުލައި 2019 | ބުދަ 09:42
ވާވާ
ސްޕްރީމް ކޯޓުން 56 ވަކީލުންގެ ހުއްދަ އެކި ފަހަރުމަތިން އުވާލީ މިވަރުންވެސް ސްޕްރީމް ކޯޓުގެ ދައުރެއް ނެތީތޯ. 56 ވަކީލުން ސަސްޕެންޑް ކުރުމުން ވަކީލުންގެ ދިފާއުގައި ސްޕްރީމް ކޯޓު އޮތީ ނިދާފަތޯ ވަކީލުންގެ ހުއްދަ ދެނީ ސްޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ނޫންތޯ.