Advertisement
ކ. މާލެ
|
9 ޖުލައި 2019 | އަންގާރަ 12:26
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
އަބްދުﷲ ސައީދަކީ މި ރާއްޖެ ނުދެކޭ ވަރުގެ ޚާއިނެއް: އަބްދުﷲ ޖާބިރު
މައްސަލައަކީ ސުޕްރީމް ކޯޓެއް ނޫން: ޖާބިރު
އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށާއި ކުރީގެ ފަނޑިޔާރު އަލީ ހަމީދަށް ފާޑުވިދާޅުވި
ރައީސް ޔާމިންއާ ގުޅިވަޑައިގެން އެ ދެ ބޭފުޅުން ސުޕްރީމް ކޯޓު "ކަންމަތީ ފިހާރަޔަކަށް" ބަދަލުކުރެއްވި: ޖާބިރު

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަކީ މި ރާއްޖެ ނުދެކޭ ވަރުގެ ޚާއިނެއް ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ބާރުތައް ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ޙިލާފަށް ނިގުޅައިގެންފައިވާ މައްސަލައާއި ގުޅިގެން ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަޙްމޫދު ހުށައެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވަނީ އޭރުގެ ސުޕްރީމް ކޯޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އޭރު ސުޕްރީމް ކޯޓުން ކުރެއްވި ކަންތައްތަކަކީ ކުރީގެ ރައީސް ޔާމިން އާއި އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ގުޅިވަޑައިގެން ހިންގެވި "ކުޑަ ކުޑަ ވިޔަފާރިތަކެއްގެ" ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

Advertisement

އޭގެ އިތުރުން އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަލީ ހަމީދުގެ ބައިވެރިވަޑައިގަތުމާއެކު "ކަންމަތީ ސްޓޯރެއް" ގޮތަށް ސުޕްރީމް ކޯޓު ހިންގެވީ އަބްދުﷲ ސައީދު ކަމަށް ޖާބިރު ވިދާޅުވިއެވެ.

އޭރުގެ ރައީސުލްޖުމްހޫރިއްޔާއަށް ހުރި އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް އަމަލުކޮށްފައިވަނީ، ކޯޓަކީ އޭނާ ގެންގުޅޭ ފިހާރައެއް، ކަންމަތީ ސްޓޯރަކަށް އޭނަ ހެދީ. އެކަން ކުރީ އަބްދުﷲ ސައީދު (އަދި) އަލީ ހަމީދު.
އަބްދުﷲ ޖާބިރު / ކާށިދޫ ދާއިރާގެ މެމްބަރު

ޖާބިރުގެ ވާހަކަފުޅުގައި އޭނާ ވިދާޅުވީ، މައްސަލައަކީ ސުޕްރީމް ކޯޓު ނޫން ކަމަށާއި، އޭރު އެތަން ހިންގަވަން އިސްކޮށް ތިއްބެވި ފަނޑިޔާރުން ކަމަށެވެ. އަދި ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން ސުމޯޓޯއޭ ކިޔައިގެން ހުކުމްތައް ކުރެއްވި ކަމަށް ޖާބިރު ވިދާޅުވިއެވެ.

އެބޭފުޅުން އެކުރި ކަންތައްތަކަކީ ދެންތިބި ފަނޑިޔާރުންގެ ބޮލުގައި އެޅެންޖެހޭ ކަމެއް ނޫން. ގިނަ ފަހަރު ފަނޑިޔާރުގެއޭ ސުމޯޓޯއޭ ކިޔާފައި ފަތިސް ދަޅައިގައި ވެސް ހުކުމް ކުރަމުން ގެންދެވީ.
އަބްދުﷲ ޖާބިރު / ކާށިދޫ ދާއިރާގެ މެމްބަރު

އިންސާނީ ހައްގުތަކުގެ ވާހަކަ ދައްކާއިރު، މި ވާހަކަތައް ދެއްކުން މާ ރަނގަޅު ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި އިންސާނީ ހައްގުތަކަކީ ވަކި ބަޔަކަށް ލިބެން ޖެހޭ އެއްޗެއްތޯ ސުވާލުކުރައްވާ ވަކި ވަކި ފަރުދުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭ މައްސަލައިގައި އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

އޭގެ އިތުރުން މި ހުރިހާ ވާހަކަތަކެއް ދެއްކުމުގެ ބަދަލުގައި، މި އަމަލުތައް ހިންގެވުމުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ތަހުގީގެއް ހިންގެވުމަށް ވެސް ޖާބިރު ގޮވާލެއްވިއެވެ. އަދި ދަތުރުމަތީގައި ހުންނަވަނިކޮށް ޕާސްޕޯޓް ކެންސަލް ކުރުމުން ގެއްލުނު އިންސާނީ ހައްގުތަކުގެ ވާހަކަ ވެސް ދައްކަވަން ޖެހޭ ކަމަށް ޖާބީރު ވިދާޅުވިއެވެ.

ރައީސް ޔާމިންގެ ސަރުކާރުގެ، ޖާބިރު ދަތުރުމަތީގައި ހުންނަވަނިކޮށް އިމިގްރޭޝަނުން ވަނީ އޭނޭގެ ޕާސްޕޯޓް ކެންސަލް ކޮށްފައެވެ. އެގޮތުން ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އިމިގްރޭޝަނުން އޭނާގެ ޕާސްޕޯޓް ކެންސަލް ކުރީ 2017 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ.

ޖާބިރުގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށައެޅުމުން ރައީސް ޔާމިންގެ ސަރުކާރުގައި ކޯޓުން އެ މައްސަލަ ބޭރުކޮށްލާފައިވީ ނަމަވެސް، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހަމަ ސިވިލް ކޯޓުން ވަނީ ޖާބިރުގެ ޕާސްޕޯޓް އިމިގްރޭޝަނުން ކެންސަލް ކުރީ ގާނޫނީ ބާރު ނެތި ކަމަށް ހުކުމްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
10 ޖުލައި 2019 | ބުދަ 10:54
علي وحيد
ތީޖާބިރުގެ ޚިޔާލު މިދަންނަވަނީ އަޅުގަނޑުގެ ޚިޔާލު ކެނެރީގެ ނަސީދު އާއި ޤާސިމް އިބްރާހިމް އާއި މައުމޫނު އާއި ޖާބިރު އާއި ފާރިސް އާއި މި ގުރޫޕްން ތިކިޔާ ފަނޑިޔާރު އަބްދުﷲ ސަޢީދު އަށް ރިސްވަތު ދީގެން ފެބްރުއަރީ އެކެއްގެ އަމުރު ނެރުވީ ޔާމީން ޢަބްދުލްޤައްޔޫމު އާއި ދެކޮޅަށް ދެންކޮން ފިހާރައެއް ފިހާރަ ހިންގި މީހުން ތިއޮތީ އެނގެން ޖާބިރު ކީއްވެބާ އިބުރާހީމް މުޙައްމަދު ސޯލިޙު ،މައުމޫނު ، ބުރުމާ ޤާސިމް ، ޔާމީން ގޮވައިގެން ކޯޓަށް ނުދިޔައީ ބަނޑު ފުރެންދެންބޮއިގެން ގޮސް މަޖިލީހަށް ވަދެ އަނގަތެލަބަޑި ތެޅިޔަސް ބަލައިގަންނަ ބަޔަކު ނޫޅޭ އަޅެ ރާއްޖެ އެމްވީ މިކޮމެންޓް ސާއިއުކޮށްލަބަލަ ނުކެރޭނެ