Advertisement
ކ. މާލެ
|
9 ޖުލައި 2019 | އަންގާރަ 05:42
ތިލްމީޒާ އެމެރިކާގެ ރައީސް ޓްރަމްޕްއާ އެކު
ތިލްމީޒާ އެމެރިކާގެ ރައީސް ޓްރަމްޕްއާ އެކު
ޓްވިޓަރ
ތިލްމީޒާ
ތިލްމީޒާ ސަފީރުކަމުގެ ފަތްކޮޅު އެމެރިކާގެ ރައީސް އަށް އަރުއްވައިފި
ސަފީރުކަމުގެ ފަތްކޮޅު އެރުވުން އޮތީ ވައިޓް ހައުސްގައި ބޭއްވި ހަފްލާއެއްގައި

ދިވެހިރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވައިފައިވާ ސަފީރު ތިލްމީޒާ ހުސެއިން ސަފީރުކަމުގެ ފަތްކޮޅު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ހޯމަ ދުވަހު ހަވާލުކުރައްވައިފި އެވެ.

ސަފީރު ކަމުގެ ފަތްކޮޅު ޓްރަމްޕާ ހަވާލުކުރެއްވީ ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ އިތުރުން، ތިލްމީޒާ އަކީ ރާއްޖެއިން ޔޫއެން އަށް ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބެވެ.

Advertisement

ތިލްމީޒާއަކީ މިންތީގެ ހަމަހަމަކަން ހޯދައިދިނުމަށް މަސައްކަތް ކުރައްވާ ފަރާތެއްގެ އިތުރުން، ތިމާވެށި ހިމާޔަތް ކުރެއްވުމުގައި މަސައްކަތް ކުރައްވަމުން އަންނަ ފަރާތެކެވެ. ތިލްމީޒާ އަކީ ވުމަންސް އާރތް ކްލައިމެޓް އެކްޝަން ނެޓްވޯކްގެ ބޯޑް މެމްބަރެކެވެ. މީގެ އިތުރުން ކްލައިމެޓް ޖަސްޓިސް ވޯކިން ގްރޫޕްގެ ޗެއާޕާސަންކަމުގެ މަގާމުވެސް ތިލްމީޒާ އަދާކުރައްވައެވެ. 2013 ވަނަ އަހަރު ހޮވި ތިމާވެއްޓަށް ޚިދުމަތްކުރާ ގަދަ ސަތޭކަ އަންހެނުންގެ ތެރޭގައި ތިލްމީޒާ ވަނީ ހިމެނިފަ އެވެ. ތިލްމީޒާ މަތީ ތައުލީމް ހާސިލްކުރެއްވީ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާ އިން އެމެރިކާއިންނެވެ.

ރާއްޖެޓީވީގެ "ހަފްތާ ބަންދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ތިލްމީޒާ ވިދާޅުވީ އޭނާގެ ސަފީރުކަމުގައި ދިވެހިރާއްޖެ އާއި އެމެރިކާ އާއި އޮތް ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ރާއްޖެއިން އެމެރިކާއަށް އެހީވެދޭނެ ދާއިރާތައް ހޯދައި ބަލައި އެ ކަމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ރާއްޖެ އާއި އެމެރިކާ އާއި ދެމެދު އޮތް ގުޅުން ހީނަރުވެފައިވީ ކަމުގައިވީ ނަމަވެސް، ރައީސް ސޯލިހުގެ ސަރުކާރާއި އެކު އެ ގުޅުން ވަނީ އަނެއްކާ ވެސް ވަރުގަދަވެފައެވެ.

Advertisement

Advertisement
- ކޮމެންޓް