Advertisement
ކ. މާލެ
|
8 ޖުލައި 2019 | ހޯމަ 19:46
ފަނޑިޔާރު އަބްދުﷲ ދީދީ
ފަނޑިޔާރު އަބްދުﷲ ދީދީ
ޝުއައިބް މުހައްމަދު އިގްބާލް
ފަނޑިޔާރު ދީދީ
ދީދީ ފަނޑިޔާރު ކަމުން ވަކިކުރަން މަޖިލީހަށް ހުށައަޅަން ތަހްގީގު ކޮމެޓީން ޖޭއެސްސީގައި އެދިއްޖެ
30 ދުވަސް ފަހުން ޖޭއެސްސީން ގޮތެއް ނިންމާނެ
ޖަވާބުދާރީ ވުމަށް 30 ދުވަހުގެ މުއްދަތު ވަނީ ދީފައި
ދީދީ އަށް ކުރެވެނީ ސީރިޔަސް ތުހުމަތުތަކެއް

ސަސްޕެންޑް ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ފަނޑިޔާރު ކަމުން ވަކިކޮށްދިނުމަށް މަޖިލީހަށް ހުށައަޅައިދޭން ތަހުގީގު ކޮމިޓީން ޖުޑީޝަލް ސަރވިސް ކޮމިޝަން ( ޖޭއެސްސީ) ގައި އެދިއްޖެއެވެ.

ޖޭއެސްސީން ހޯމަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނީ، ދީދީގެ މައްސަލަ ތަހުގީގު ކުރާ ކޮމިޓީން ނިންމި ހުށައެޅި ރިޕޯޓުން ޖޭއެސްސީން ބަލައިގަތުމަށް ނިންމާފައިވާ ކަމަށެވެ. ތަހުގީގު ކޮމިޓީން ޖޭއެސްސީގައި އެދިފައިވަނީ ދީދީ މަގާމުން ވަކިކުރަން މަޖިލީހަށް ހުށައެޅުމަށެވެ.

ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެމުން ޖޭއެސްސީގެ ޑިރެކްޓަރ ހަސަން ޒަހީން ވިދާޅުވީ، ދީދީ އަށް ޖަވާބުދާރިވުމަށް 30 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ.

Advertisement

އެ މުއްދަތުގެ ތެރޭގައި އެ ކޮމިޝަނަށް ހާޒިރުވެ ނުވަތަ ލިޔުމުން އަމިއްލަ ދިފާއުގައި ދީދީ އަށް ޖަވާބުދާރިވާން ފުރުސަތު ލިބޭނެއެވެ. އޭގެ ފަހުން ޖޭއެސްސީން އެ މައްސަލައިގެ ގޮތެއް ނިންމާނެއެވެ.

ޖޭއެސްސީގެ ތަހުގީގު ކުރިޔަށް ދަނިކޮށް އަމިއްލަ ދަތުރުފުޅެެއްގައި ދީދީ މެލޭޝިޔާއަށް ޖޫން މަހުގެ 28 ވަނަ ދުވަހު ވަޑައިގަތެވެ.

ދީދީގެ މައްޗަށް ކުރެވޭ ތުހުމަތުގެ ތެރޭގައި އެމްއެމްޕީއާރްސީ ހިޔާނަތުގައި ހިމެނޭ މީހުންގެ އަތުން ފައިސާ ހޯއްދެވުމުގެ އިތުރުން މަގާމު ބޭނުން ކުރައްވައިގެން ނާޖާއިޒު މަންފާ ހޯއްދެވުން ވެސް ހިމެނެއެވެ. އެ ހުރިހާ ތުހުމަތުތަކަކަށް ދީދީ އިންކާރު ކުރައްވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް