Advertisement
ކ. މާލެ
|
8 ޖުލައި 2019 | ހޯމަ 17:42
އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ބައްދަލުވުން ކުރިއަށް ދަނީ
އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ބައްދަލުވުން ކުރިއަށް ދަނީ
މަޖިލިސް
ކުނި މެނޭޖް ކުރުން
ކުނީގެ މައްސަލައަށް ހައްލެއް ހޯދުމަށް ކަމާބެހޭ ވުޒާރާތައް ކޮމިޓީއަށް ހާޒިރުކުރަނީ
ބައްދަލުވުމުގައި މާލެއާއި އަތޮޅު ތެރޭގައި ވެމްކޯއިން ކުރަމުންދާ މަސައްކަތްތައް ބެލުމަށް ވަނީ ހަމަޖެހިފައި
ކުނީގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ކުރެވޭނީ ކޮންކަމެއްތޯ ބެލުމަށް ވަނީ ނިންމާފައި
ކުނި މެނޭޖް ކުރުމަށް ކުރިމަތިވެފައި އޮތް ގޮންޖެހުންތައް ބެލުމަށް ވަނީ ނިންމާފައި

ރާއްޖެއަށް އެންމެ ބޮޑުވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ހޯދުމަށް ކަމާއި ބެހޭ ވުޒާރާތައް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.

ހޯމަ ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ކުނި މެނޭޖް ކުރުމަށް ހުރި ގޮންޖެހުންތަކާއި އަދި ކުނި މެނޭޖް ކުރުމުގައި ދިމާވާ މައްސަލަތަކަކީ ކޮބައިތޯ ވަކިން ތަފްސީލްކޮށް ދިރާސާކޮށް ބެލުމަށްޓަކައި އެންވަރަމަންޓް މިނިސްޓްރީއާއި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ނިންމާފައެވެ.

އެ ބައްދަލުވުމުގައި މާލެއާއި އަތޮޅު ތެރޭގައި ވެމްކޯއިން ކުރަމުންދާ މަސައްކަތްތައް ބަލާ،ކުނީގެ މައްސަލަ މިހާރު ގޮސްފައި އޮތް މިންވަރާއި، އެކަމަށް ކުރިމަތިވެފައި އޮތް ގޮންޖެހުންތަކާއި އެކަމުގައި ރައްޔިތުންގެ މަޖިލީހަށް ކުރެވޭނީ ކޮންކަމެއްތޯ ބެލުމަށް ވަނީ ނިންމާފައެވެ.

Advertisement

ބޭރުގެ އެހީ އެންމެ ބޮޑަށް ލިބޭ އެއް ދާއިރާއަކީ ވޭސްޓް މެނޭޖްމަންޓަށް ކަމަށް ރިޕޯޓްތަކުން ދައްކާ ކަމަށް ކޮމިޓީގެ މުގައްރިރު އަހުމަދު ސަލީމް ވިދާޅުވިއެވެ.

" ދިވެހިރާއްޖޭގެ ކުނީގެ މައްސަލަ ހައްލުކުރުމަށްޓަކައި ސަރަހައްދީ ކުނި މެނޭޖް ކުރާ ސެންޓަރުތަކެއް ވެސް ހެދި އެތަންތަން މަސައްކަތް ކުރޭތޯ ނުވަތަ ނުކުރަނީ ކީއްވެތޯ ބަލާހިސާބަށް އާދެވިއްޖެ ކަމަށް ދެކެން. ރަށުފެންވަރުގައި މިކަން ހައްލުނުކުރެވިގެން މިއުޅެނީ ކީއްވެގެންތޯ ބަލަން ޖެހޭ" ސަލީމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް