Advertisement
ކ. މާލެ
|
8 ޖުލައި 2019 | ހޯމަ 16:34
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ޝުއައިބް މުހައްމަދު އިގްބާލް
ރަށްތަައް ކުއްޔަށް ދިނުން
ރައީސް ޔާމިންގެ ސަރުކާރުގައި އެއް ރަށެއް ތަފާތު ތިން ފަރާތަކަށް ދޫކޮށްފައިވޭ: އަލީ ވަހީދު
ތިން ފަރާތުގެ އަތުން ވެސް ފައިސާ ނަގާފައިވޭ
މި ސަރުކާރުން ކަންކަން ކުރާނީ ގާނޫނޫ އިމުގެ ތެރެއިން
އިދިކޮޅު ފަރާތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވޭ

ރައީސް ޔާމިންގެ ސަރުކާރުގައި އެއް ރަށެއް ތަފާތު ތިން ފަރާތަކަށް ދޫކޮށްފައިވާ ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

Advertisement

ޓޫރިޒަމް މިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ އެ ރަށަކީ އދ. ފުށިދިިއްގާ ރަތްދިއްގާ ކަމަށެވެ. އޭނާ ވިދާޅުވީ މިދިޔަ ސަރުކާރުން ތަފާތު ތިން ފަރާތަކަށް އެ ރަށް ދޫކޮށްފައިވާ އިރު، އެ ހުރިހާ ކަމެއް ވެސް ކޮށްފައިވަނީ އެ ރަށް ދޫކުރި ފަރާތްތަކުން ފައިސާ ނެގުމަށް ފަހު، މިނިސްޓްރީގެ ހުރިހާ ލިޔެކިޔުންތަކާއި ސައްހަ ތައްގަނޑުތައް ޖެހުމަށް ފަހުގައި ކަމަށެވެ.

އެ ރަށް އެބައޮތް ތިން މީހުންނަށް ދީފައި ކުރީ ސަރުކާރުން އެނގޭތޯ. މިކިޔަނީ އެންމެ އެސެޓެއްގެ ވާހަކަ ތިން ފަރާތަކަށް ދީފައި. އަދި ލާރިވެސް ނަގާފައި އޮތީ.
އަލީ ވަހީދު

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ އެއް ފަރާތެއްގެ އަތުން ހަ ލައްކަ ޑޮލަރު އަދި އެހެން ފަރާތެއްގެ އަތުން އެއް މިލިއަން ތިން ލައްކަ ފަންސާސްހާސް ޑޮލަރު ނަގާފައިވާ ކަމަށެވެ. ސަރުކާރު ލަސް ވާހަކަ ގަބޫލުކުރައްވާ ކަމަށް ވިދާޅުވަމުން އޭނާ ވަނީ މިހެން ކޮށްފައި ހުންނަ ކަންތައްތަކުގައި ސަރުކާރު އަވަސް ކުރާނީ ކިހިނެއްތޯ އަހާ ސުވާލު އުފައްދާފައެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، މި ސަރުކާރުން އެއްވެސް މީހެއްގެ ހައްގަކަށް އުނިކަމެއް އަންނަ ގޮތަކަށް ކަންކަން ނުކުރާނެ ކަމަށާއި، ހުރިހާ ކަމެއް ވެސް ކުރާނީ ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތަކުގެ ތެރެއިން ކަމަށެވެ.

އަޅުގަނޑުމެންގެ ސަރުކާރުން ކަންތައްތައް ގާނޫނާ ގަވައިދުގެ ތެރެއިން، ބަޖެޓުގަ ވެސް ހުންނަ ކަންކަން މާލިއްޔަތު ގަވައިދާ އެއް ގޮތަށް ކުރާނީ. ގާނޫނީ ކަންތައްތައް ގެންދާނީ ގާނޫނީ ލަފާތަކާ އެއްޗެހި ލިބިގެން ދާނީ.
އަލީ ވަހީދު

ރަށްދިއްގާފުށިދިއްގާ އަކީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ވެސް ހިމެނޭ ރަށެކެވެ.

ރައީސް ޔާމިން ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުން ނިކުމެ ކަންކަމުގައި އަޑު އުފުލާ އިރު، މި ޒާތުގެ ކަންކަން ކޮށްފައި ތިބި ބަޔަކު ނިކުމެ ފޭރޭ ވާހަކަ ދެއްކުމުން ހައިރާންވާ ކަމަށް ވިދާޅުވެ އަލީ ވަހީދު ވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
8 ޖުލައި 2019 | ހޯމަ 23:38
އީމެއިލް ކުރައްވާ
ދިވެހިރާއްޖޭގެ ރީތިރަށްތައް އެހެން ޤައުމުތަކުގެ ހޮޓާތައް އިސްތިހާރުކޮށް ސޯޝަލްމީޑިޔާގަ މާކެޓް ކުރަން ބޭނުންކުރިޔަނުދިނުން އެދެން!
8 ޖުލައި 2019 | ހޯމަ 21:07
މަރޭ
ދެން ލާރިދިން މީހުންއަދިވެސް ތިބީ ހަމަ ހިމޭނުން ތަ. އެމީހުން ކީކޭބުނީ. މައްސަލަހުށައަޅާފަތަ އޮތީ.