Advertisement
ކ. މާލެ
|
8 ޖުލައި 2019 | ހޯމަ 06:37
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގެ 38 ވަނަ އަހަރީ ޖަލްސާގެ ތެރެއިން
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގެ 38 ވަނަ އަހަރީ ޖަލްސާގެ ތެރެއިން
އެމްއެމްއޭގެ 38 ވަނަ އަހަރީ ޖަލްސާ
އެމްއެމްއޭގެ ލޯންގް ސާވިސް އެވޯޑް 12 މުވައްޒަފަކަށް
އެމްއެމްއޭގައި އެންމެ ގިނަ ދުވަހު މަސައްކަތް ކޮށްދީފައިވަނީ ނަރީމާ އަލީ
ރައްޔިތުންގެ ހިތްތަކުގައި އެމްއެމްއޭ ވަނީ ވަރަށް ވަރުގަދަ އިތުބާރަކާ މަތީ މަގާމެއް ހޯދާފައި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ލޯންގް ސާވިސް އެވޯޑް އެ މުއައްސަސާގައި ވަޒީފާ އަދާކުރަމުންދާ 12 މުވައްޒަފަކަށް ދީފި އެވެ.

އެމްއެމްއޭގެ ވަޒީފާއި ގިނަ މުއްދަތަކަށް ދެމިތިބި ފަރާތްތަކަށް ދޭ އެވޯޑް، 30 އަހަރަށްވުރެ ގިނަ ދުވަހު ވަޒީފާ އަދާކޮށްފައިވާ 11 މުވައްޒަފަކަށާއި 20 އަހަރަށް ވުރެ ގިނަ ދުވަހު ވަޒީފާ އަދާކޮށްފައިވާ މުވައްފަކަށް ދީފައިވެ އެވެ.

Advertisement

އެމްއެމްއޭގެ 38 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި މި އެވޯޑާއި ހަނދާނީ ފިލާ ހަވާލުކޮށް ދެއްވީ އެމްއެމްއޭގެ އެންމެ ފުރަތަމަ ގަވަރުނަރު އަދި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމެވެ.

އެމްއެމްއޭގައި އެންމެ ގިނަ ދުވަހު މަސައްކަތް ކޮށްދީފައިވަނީ އެ މުއައްސަސާ އުފެދުނީއްސުރެ ވަޒީފާ އަދާކުރަމުން އަންނަ ނަރީމާ އަލީ އެވެ. ނަރީމާ އެމްއެމްއޭގައި ވަޒީފާ އަދާކުރާތާ މިހާރު 38 އަހަރު ވެއްޖެއެވެ.

ލޯންގް ސާވިސް އެވޯޑް ލިބިވަޑައިގެން ފަރާތްތައް

ނަރީމާ އަލީ – 38 އަހަރު

އަހްމަދު އަންވަރު – 37 އަހަރާ 10 މަސް

ފާތިމަތު ވަހީދާ – 36 އަހަރާ 09 މަސް

އިބްރާހިމް ނަސީރު – 36 އަހަރާ 08 މަސް

ޒުލްފާ އަބްދުއްރަހްމާން – 35 އަހަރާ 11 މަސް

މުހައްމަދު އިބްރާހިމް – 33 އަހަރާ 06 މަސް

ޝަފީގާ ހުސައިން – 33 އަހަރާ 3 މަސް

ހައްވާ ނަސީރާ – 31 އަހަރާ 5 މަސް

އައިޝަތް ޒާހިރާ – 30 އަހަރާ 10 މަސް

އައިމިނަތް ރަޝީދާ – 30 އަހަރާ 11 މަސް

މަރިއަމް ހުސެން ދީދީ – 30 އަހަރު

ފާތިމަތު އިބްރާހިމް – 20 އަހަރު

ކުރީގެ ރައީސް އަދި އެމްއެމްއޭގެ ފުރަތަމަ ގަވަރުނަރު އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް

ހަފްލާ ޝަރަފުވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުން ކުރީގެ ރައީސް މައުމޫން ވިދާޅުވީ އެމްއެމްއޭ އަށް ގިނަދުވަސް ވަންދެން ހިދުމަތް ކުރައްވާފައިވާ މުއައްޒަފުންނަށް އެބޭފުޅުންގެ ހިދުމަތުގެ އަގު ވަޒަންކޮށް ހަދާނީ ފިލާ އަރުވަން ލިބުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ދިވެހި ރައްޔިތުންގެ ހިތްތަކުގައި އެމްއެމްއޭ ވަނީ ވަރަށް ވަރުގަދަ އިތުބާރަކާ މަތީ މަގާމެއް ހޯދާފައެވެ.

ގައުމުގެ ވެރިކަމުގެ ސިޔާސަތު ތަފާތު ގޮތް ގޮތަށް ބަދަލު ވަމުން ދިޔަކަމުގައި ވިޔަސް އެމްއެމްއޭގެ މަސައްކަތްތައް ކޮށްފައިވަނީ ގާނޫނުގެ ތެރެއިން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

Advertisement

Advertisement
- ކޮމެންޓް