ކ. މާލެ
|
7 ޖުލައި 2019 | އާދީއްތަ 21:38
އިންޑޮނޭޝިއާއަށް ކުރިން އައި ބިންހެލުމެއްގައި ލިބުނު ގެއްލުމެއް
އިންޑޮނޭޝިއާއަށް ކުރިން އައި ބިންހެލުމެއްގައި ލިބުނު ގެއްލުމެއް
އަލްޖަޒީރާ
އިންޑޮނޭޝިއާ ބިންހެލުން
އިންޑޮނޭޝިއާއަށް ބިންހެލުމެއް އައުމާ ގުޅިގެން ސުނާމީގެ އިންޒާރު ދީފި
ބިންހެމުން އައިސްފައިވަނީ އާދިއްތަ ދުވަހު އިންޑޮނޭޝިއާގެ ގަޑިން 10:00 ގައި
މިހާތަނަށް އެއްވެސް މީހަކަށް ގެއްލުން ލިބިފައިވާކަމަށް ރިޕޯޓް ކޮށްފައެއް ނެތް

އިންޑޮނޭޝިއާ އަށް 7.1 މެގްނިޓިއުޑްގެ ބިން ހެލުމެއް އައުމާއި ގުޅިގެން އެ ގައުމުން ސުނާމީގެ އިންޒާރު ދީފިއެވެ.

ބިންހެލުން އައިސްފައިވަނީ މޮލޮކަން ސީ އަށެވެ.

މީޓިއޮރޮލޮޖީ ކްލައިމެޓޮލޮޖީ އެންޑް ޖިއޮގްރަފިކްސް ރިޕޯޓް ބުނާގޮތުން 36 ކިލޯ މީޓަރު ފުންމިނުގައި މި ބިންހެމުން އައިސްފައިވަނީ އާދިއްތަ ދުވަހު އިންޑޮނޭޝިއާގެ ގަޑިން 10:00 ގައެވެ.

މި ބިންހެލުމައި ގުޅިގެން މިހާތަނަށް އެއްވެސް މީހަކަށް އަދި ތަނަކަށްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
- ކޮމެންޓް