Advertisement
ކ. މާލެ
|
7 ޖުލައި 2019 | އާދީއްތަ 19:16
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (ކ) އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ (ވ)
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (ކ) އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ (ވ)
ރައީސް އޮފީސް
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
ލުތުފީ މައްސަލާގައި މިނިސްޓަރ އިމްރާން މާދަމާ މަޖިލީހަށް ހާޒިރުކުރަނީ
މައްސަލަ ހުށައެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝީދު
ލުތުފީ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން
އިމްރާން އާ ސުވާލު ކުރުމަށް ޖާބިރުވެސް ވަނީ ހުށައަޅާފައި

ހ. ހާޖަރާގެ އަބްދުﷲ ލުތުފީ ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތާއި ބެހޭގޮތުން ސުވާލު ކުރުމަށް ހޯމަ ދުވަހު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށް ހާޒިރުކުރުމަށް އެޖެންޑާކޮށްފި އެވެ.

ލުތުފީ ގެނައުން ލަސްވާތީ އެ މައްސަލަ މަޖިލީހަށް ހުށައެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ. ނަޝީދަކީ އަމިއްލަ ގޮތުން ވާދަކޮށް އިންތިހާބު ކާމިޔާބުކުރެއްވިި މެމްބަރެކެވެ.

އާދިއްތަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ ވިދާޅުވީ، ހޯމަ ދުވަހު މަޖިލީހަށް ހާޒިރުވެވަޑައިގަތުމަށް އިމްރާން އަށް ނޯޓިސް ފޮނުވާފައިވާ ކަމަށެވެ.

ލުތުފީ ރާއްޖެ ނުގެނެވިގެން އުޅޭ މައްސަލާގައި އާއްމުންގެ ފާޑު ކިޔުންތައް ސަރުކާރަށް ވަނީ އަމާޒުވެފައެވެ. ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލުތުފީއާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އޮޅުން ފިލުވާދެއްވާފަ އެވެ.

Advertisement

އެ ނޫސްވެރިިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، ލުތުފީއަކީ ޙާއިނެއް ކަމަށާއި، އޭނާ އަށް ދުވަހަކުވެސް މާފެއް ނުކުރާނެ ކަމަށެވެ.

ލުތުފީ ގެންނަން 2.7 މިލިއަން ރުފިޔާ ދައުލަތުން ދައްކަން ޖެހޭ ކަމަށް އިދިކޮޅުން ދައްކަމުންދާ ވަހަކަތަކައް ރައްދު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ އޭނާ ރާއްޖެ ގެނައުމަށް ދައްކަން ޖެހޭނީ 3000 ޑޮލަރު ކަމަށެވެ.

ނަވާރަ ސަތޭކަ އަށްޑިހަ އަށްވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ބޭރުގެ ކުލީ ސިފައިން ރާއްޖެ ގެނެސްގެން ދިން ރަހުމްކުޑަ އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދު ކޮށްލިއެވެ. ލުތުފީ އިސްކޮށް ހުރެ އެ ހަމަލާއާ ގުޅިގެން އޭނާ މަރަން ހުކުމް އިއްވިއެވެ. ނަމަވެސް އޭރުގެ ސަރުކާރުން އޭނާގެ އަދަބު ލުއިކޮށްދެއްވައި އުމުރު ދުވަހުގެ ޖަލުހުކުމަކަށް ބަދަލުކޮށްފައިވެއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގެ ބޭސްފަރުވާއަށް ފޮނުވުމުން އޭނާ ފިލިއެވެ. އެގޮތުން ނިމިދިޔަ ސަރުކާރުން ވެސް އޭނާ ހޯދުމުގެ މާބޮޑު މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް