ކ. މާލެ
|
6 ޖުލައި 2019 | ހޮނިހިރު 14:33
އިންދިރާ ގާންދި މެމޯރިއަލް ހޮސްޕިޓަލް
އިންދިރާ ގާންދި މެމޯރިއަލް ހޮސްޕިޓަލް
ރާއްޖެއެމްވީ
އާސިރީ ހެލްތް
އާސިރީ ހެލްތްގެ ފަރާތުން މާލޭގައި ސެޝަންތަކެއް ބާއްވަނީ
ހޮނިހިރު ދުވަހު ކެންސާރ ސޮސައިޓީ އޮފް މޯލްޑިވްސް އާއި މެޑްހޯޕް މެޑިކަލް ސެންޓަރ އާއި ގުޅިގެންވެސް ސެޝަންތަކެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފަ

ލަންކާގެ ޕްރައިވެޓް ކުންފުންޏެއް ކަމަށްވާ ސޮފްޓޮލޮޖިކްގެ ދަށުން ހިންގާ އާސިރީ ހެލްތް ގެ ފަރާތުން މާލޭގައި ސެޝަންތަކެއް ފަށައިފިއެވެ.

ހޮނިހިރު ދުވަހު 3 ސެޝަން އެއް ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވާއިރު އެންމެ ފުރަތަމަ ސެޝަން ބޭއްވިގެންދިޔައީ އިންދިރާ ގާންދި މެމޯރިއަލް ހޮސްޕިޓަލްގައި މެންދުރު 12:00 އިން 14:00އެވެ.

މި ލެކްޗާރ ސެޝަންތަކަކީ އާސިރީ ހެލްތް އާއި އައިޖީއެމްއެޗް ގެ އޮންކޮލޮޖީ ޑިޕާޓްމެންޓާއި ގުޅިގެން އައިޖީއެމްއެޗްގެ މެޑިކަލް ކޮންސަލްޓެންޓްސްއަށާއި ނަރުހުންނަށް ކުރިއަށް ގެންދާ ސެޝަން ތަކެކެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހު ކެންސާރ ސޮސައިޓީ އޮފް މޯލްޑިވްސް އާއި މެޑްހޯޕް މެޑިކަލް ސެންޓަރ އާއި ގުޅިގެން ވެސް ސެޝަންތަކެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

- ކޮމެންޓް