ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ދެކުއްޖަކަށް އެއް އަހަރުގެ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރި ވުމުގެ ފުރުސަތު ދީފިއެވެ.
ޖެންޑާރ މިނިސްޓްރީގެ ފަރާތުން މި ފުރުސަތު ދީފައިވާ ދެކުދިންނަކީ ފަތުރުވެރިކަމުގެ ސިނާއަތުން އެ ކުދިންގެ މުސްތަގުބަލް ބިނާ ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކުދިން ކަމަށް ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ރާއްޖެ އެމް ވީ އަށް ދެއްވި އިންޓަރވިއުގައި ވިދާޅުވިއެވެ.
މި ޕްރޮގްރާމަކީ މައިނަރ ހޮޓެލްސް ގްރޫޕް އެކްސްޕްލޯރާރގެ ފަރާތުން ރާއްޖޭގައި ހިންގަމުންދާ އަނަންތަރާ މޯލްޑިވްސް ގައި މި ކުދިން ދާނީ އަމަލީ ގޮތުން ތަމްރީނު ހޯދަމުންނެވެ. އަދި މި ޕްރޮގްރާމްގެ ތެރެއިން އޮންލައިން ކޮށް ކްލާސްތައް ނެގުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މިކުދިންނަށް ބައިނަލްއަގްވާމީ ފެންވަރުގެ ހޮސްޕިޓާލިޓީ ދާއިރާގެ ލެވެލް ތިނެއްގެ ސެޓްފިކެޓެއް ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓްރީގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، މި ކުދިންނަކީ އޯލެވެލް ނިންމައިފައި ތިބި ކުދިންނަށްވުމުން މި ޕްރޮގްރާމް ވެގެން ދާނީ މަތީ ތައުލީމް ހާސިލްކޮށް ރަނގަޅު މުސްތަގުބަލެއް ބިނާ ކުރުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތަކަށް ކަމަށެވެ.
މީގެ ކުރިން ވެސް ހަމަ މި ޕްރޮގްރާމް ގެ ދަށުން ކުޑަކުދިންގެ ހިޔާގެ 1 ކުއްޖަކަށް ވަނީ ތަމްރީން ލިބި ދަސްވެނިވެފައެވެ.