ކ. މާލެ
|
5 ޖުލައި 2019 | ހުކުރު 15:15
ރަސްގެފާނު ޝެއިޚް މުހައްމަދު ބިން ރަޝީދް އަލް މަޙްތޫމް (ކ) އަދި އަމީރާ ހަޔާ ބިން އަލް ހުސައިން (ވ)
ރަސްގެފާނު ޝެއިޚް މުހައްމަދު ބިން ރަޝީދް އަލް މަޙްތޫމް (ކ) އަދި އަމީރާ ހަޔާ ބިން އަލް ހުސައިން (ވ)
ސީ.އެން.އެން
ހަޔާ
ދުބާއީގެ ރަސްގެފާނުގެ އަނބިކަނބަލުންނާއި ދެކޮޅަށް ދައުވާ ކުރުމަށް ކޯޓަށް
އެ ކަމަނާވަނީ ފިރިކަލުން ދޫކުރައްވާ ދުބާއިން ފިއްލަވާއިގެން ލަންޑަންއަށް ވަޑައިގަންފަ

ދުބާއީގެ ރަސްގެފާނު އެމަނިކުފާނުގެ އަނބިކަނބަލަކާ ދެކޮޅަށް ދައުވާ ކުރުމަށް ކޯޓަށް މައްސަލަ ހުށައަޅައިފިއެވެ.

މީޑިޔާތަކުގައި ވާގޮތުން ރަސްގެފާނު ޝެއިޚް މުހައްމަދު ބިން ރަޝީދް އަލް މަޙްތޫމް ދައުވާ ކުރައްވަން ނިންމާފައިވަނީ އުރުދުންގެ ކުރީގެ ރަސްގެފާނުގެ ދަރިކަނބަލުން އަމީރާ ހަޔާ ބިން އަލް ހުސައިންއާ ދެކޮޅަށެވެ. އެ ކަމަނާވަނީ ފިރިކަލުން ދޫކުރައްވާ ދުބާއިން ފިއްލަވައިގެން ލަންޑަންއަށް ވަޑައިގަންފައެވެ.

މީޑިޔާތަކުގައި ރިޕޯޓް ކޮށްފައިވާގޮތުގައި އެ ކަމަނާ ފިއްލަވާފައިވަނީ، އެކަމަނާގެ އިނގިރޭސި ވިލާތަށް ނިސްބަތްވާ ބޮޑީގާޑާ ދެމެދުގައި އޮތް ގާތްގުޅުން ރަސްގެފާނަށް ޝައްކު ކުރެވިގެންނެވެ.

މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށްދަނީ ލަންޑަންގެ ފެމިލީ ޑިވިޝަން އޮފް ހައި ކޯޓްގައެވެ. ދެން މި މައްސަލައިގެ އަޑު އެހުމެއް އޮންނާނީ ޖުލައި 30 އަދި 31 ވަނަ ދުވަހުގައެވެ. މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވީ މި އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހުއެވެ.

އަމީރާ ހަޔާ އަކީ ރަސްގެފާނު ޝެއިޚް މުހައްމަދު ބިން ރަޝީދުގެ ހަވަނަ އަނބިކަނބަލުންނެވެ. އަދި އެކަމަނާ އަކީ ދުނިޔޭގައި ފާހަގަކޮށްލެވޭ ޝަހިސިއްޔަތެކެވެ.

މީގެއިތުރުން ހަޔާއަކީ އިނގިރޭސި ވިލާތުގެ ޕްރިންސް ޗާރލްސް އަދި އަނބިކަނބަލުން ކަމީލާއާއިވެސް ގާތްގުޅުމެއް އޮންނަ ބޭކަނބަލެކެވެ. ރަސްގެފާނާއި ކައިވެނިބައްލަވައިގަނެގެން ހަޔާއަށް ވަނީ ދެ ބެފުޅުން ލިބިލައްވާފައެވެ. އެއީ އެއް ދަރިކަލުން އަދި ދަރިކަނބަލެކެވެ. ފިއްލެވީ ދެ ދަރިކަލުންވެސް ގޮވައިގެންނެވެ.

- ކޮމެންޓް