Advertisement
ކ. މާލެ
|
5 ޖުލައި 2019 | ހުކުރު 06:43
މޫސާ އަވަހާރަވީ ބުރާސްފަތި ދުވަހު
މޫސާ އަވަހާރަވީ ބުރާސްފަތި ދުވަހު
ގޫގުލް
އަލްއުސްތާޛު މުޙައްމަދު މޫސާ
ގުރައިދޫ ކޯޓްގެ ގާޒީ އަވަހާރަވުމާ ގުޅިގެން ޝަރުއީ އިދާރާތަކުގެ ދިދަ ބައިދަނޑިއަށް
އަވަހާރަވީ ބުރާސްފަތި ދުވަހު
ކަނދޮޅުދޫ ކަތީބުކަންވެސް ކުރެއްވި
ފަނޑިޔާރުކަމުގެ މަގާމު 29 އަަހަރުވަންދެން ވަނީ ފުރުއްވާފައި

ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު މޫސާ އަވަހާރަވުމާގުޅިގެން، ހުކުރު ދުވަހުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހު ޝަރުޢީ ކޯޓުތަކާއި އިދާރާތަކުގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ނިންމަވައިފިއެވެ.

މޫސާ ކުއްލި ގޮތަަކަށް އަވަހާރަވެފައިވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ. އޭނާގެ މައްޗަށް ކަށުނަމާދު ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ މަޣްރިބް ނަމާދަށްފަހު ހުޅުމާލޭ ވަގުތީ މިސްކިތުގައެވެ.

Advertisement

ނަވާރަ ސަތޭކަ ނުވަދިހަ ވަނަ އަހަރުން ފެށިގެން 29 އަހަރާއި ފަސް މަސް ދުވަސް ވަންދެން މޫސާ ވަނީ ފަނޑިޔާރުކަމުގެ މަގާމު ފުރުއްވާފައެވެ. އޭނާވަނީ، ފުލުސް ކޯޓުގެ ކާތިބުކަމާއި ކަނދޮޅުދޫ ކަތީބުކަމުގެ އިތުރުން ޒިންމާދާރު އެހެން މަޤާމުތައް އަދާކުރައްވާފައެވެ.

Advertisement

Advertisement
- ކޮމެންޓް