Advertisement
ކ. މާލެ
|
2 ޖުލައި 2019 | އަންގާރަ 11:48
ފ.މަގޫދޫ
ފ.މަގޫދޫ
ގޫގުލް
ވައްކަން
ފ.މަގޫދޫ ކައުންސިލްގެ ތިޖޫރީފަޅާލި މައްސަލައިގައި 9 މީހުން ހައްޔަރުކޮށްފި
މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރިމީހުން ހައްޔަރުކޮށްފައި ވަނީ މަގޫދޫ ކައިރިން ޑިންގީއަކާއި ދޯންޏެއްގައި ދަނިކޮށް ކަނޑުމަތިން

ފ.މަގޫދޫ ކައުންސިލް އިދާރާގެ ތިޖޫރީފަޅާލައި ތިޖޫރީގައިހުރި ފައިސާ ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި9 މީހުން ހައްޔަރު ކޮށްފިއެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ކައުންސިލް އިދާރާގެ ސެކިއުރިޓީ ގާޑު ބަނދެ. އެ އިދާރާގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ތިޖޫރީފަޅާލައި، ތިޖޫރީގައި ހުރި ފައިސާތައް ވަގަށްނަގާފައިވާ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރިމީހުން ހައްޔަރު ކޮށްފައި ވަނީ މަގޫދޫ ކައިރިން ޑިންގީއަކާއި ދޯންޏެއްގައި ދަނިކޮށް ކަނޑުމަތިންނެވެ.

Advertisement

މި މައްސަލައިގެ ހައްޔަރު ކޮށްފައިވަނީ އުމުރުން 23 އަހަރުގެ ދެ މީހުންނާއި 24 އަހަރުގެ ދެ މީހުންގެ އިތުރުން 26 އަހަރުގެ މީހެކެވެ. އަދި އުމުރުން 32 އަހަރާއި 38 އަހަރާއި ދެމެދުގެ ހަތަރު މީހުން ވެސް ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެއެވެ.

މަގޫދޫ ކައުންސިލް އިދާރާގެ ތިޖޫރީފަޅާލި މައްސަލައިގައި ހައްޔަރު ކޮށްފައިވާ 9 މީހުންގެ ބަންދަށް ނިލަންދޫ މެޖިސްޓްރޭޓް ކޯޓުންވަނީ 5 ދުވަހުގެ މުއްދަތެއް ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް