Advertisement
ކ. މާލެ
|
1 ޖުލައި 2019 | ހޯމަ 23:19
އދ. އޮމަދޫ
އދ. އޮމަދޫ
ގޫގުލް
ބިރުދެއްކުން
ބިރުދެއްކި މައްސަލައެއްގައި އޮމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
އެނާ ހައްޔަރު ކޮށްފައިވަނީ ހޯމަދުވަހު ހަވީރު 5:48 ގައި
ބިރުދައްކާފއިވަނީ މަންމަގެ އައިޑީކާދު ބޭނުންކޮށްގެން ދަރިފުޅަށް އާސަންދަ ހަމަޖައްސައިނުދީގެން

އދ. އޮމަދޫ ސިއްޚީ މަރުކަޒުގެ މުވައްޒަފުންނަށް ބިރުދެއްކި މައްސަލައެއްގައި އެރަށު ކައުންސިލްގެ ރައީސް ހައްޔަރު ކޮށްފިއެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބިރުދައްކާ އިންޒާރު ދިން މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން އެނާ ހައްޔަރު ކޮށްފައިވަނީ ހޯމަދުވަހު ހަވީރު 5:48 ގައި ކަމަށެވެ.

Advertisement

41 އަހަރުގެ މި މީހާ ސިއްޚީ މަރުކަޒް މުވައްޒަފުންނަށް ބިރުދައްކާފައި ވަނީ ބޭބީގެ މަންމަގެ އައިޑީ ކާޑު ބޭނުންކޮށްގެން އެއް މަސް ނުވާ ތުއްތު ދަރިފުޅަށް އާސަންދަ ހަމަޖައްސައި ނުދީގެން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އަދި އޭނާ ހައްޔަރު ކޮށްފައިވަނީ ބިރު ދެއްކުންތަކާއި ހެދީ ސިއްޚީ މަރުކަޒްގެ މުވައްޒަފުންނަށް ވަޒީފާއަށް ނުކުންނަށް ޖެހިލުންވާ ހިސާބަށް ކަންތައް ދިއުމުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް