Advertisement
ކ. މާލެ
|
30 ޖޫން 2019 | އާދީއްތަ 12:24
މާފުށީ ޖަލު
މާފުށީ ޖަލު
ރާއްޖެ އެމްވީ
ސަސްޕެންޑް ކުރެވުނު އޮފިސަރު
ގައިދީންތަކެއް ދޫކޮށްލި ކަމަށް ބުނާ މައްސަލައިގައި ސަސްޕެންޑް ކުރި އޮފިސަރު ވަޒީފާއަށް ނުކުންނަން ފަށައިފި
ސަސްޕެންޑް ކުރެވުނު އޮފިސަރުގެ ސަސްޕެންޝަން ހަމަވުމުން ވަޒީފާއަށް ނުކުންނަން ވަނީ ފަށާފައި

ހުއްދަނެތި ގައިދީންތަކެއް ދޫކޮށްލި ކަމަށް ބުނާ މައްސަލައިގައި ސަސްޕެންޑް ކުރެވުނު އޮފިސަރު ވަޒީފާއަށް އަލުން ނުކުމެއްޖެއެވެ.

އުސޫލުތަކާ ހިލާފަށް ގައިދީންތަކެއް ދޫކޮށްލި ކަމަށް ބުނެ ސަސްޕެންޑް ކުރެވިފައިވަނީ ކަރެކްޝަން ސާރވިސްގެ ޗިޓް ހަދާ އޮފިސަރެވެ. ޗިޓު ހެދި ފަރާތް 21 ދުވަހަށް ސަސްޕެންޑް ކުރެވިފައިވީ ނަމަވެސް މިހާރު ސަސްޕެންޝަން ގެ މުއްދަތު ހަމަވުމުން ވަނީ ވަޒީފާއަށް އަލުން ނުކުންނަން ފަށާފައެވެ.

ކުރިން ހެޑް އޮފީހުގައި މަސައްކަތް ކުރިނަމަވެސް އޭނާ މިހާރު ވަޒީފާއަށް ނުކުންނަނީ މާލޭ ޖަލަށެވެ.

މަސްތުވާތަކެތީގެ ވިޔަފާރީގެ މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާއަށް މައާފް ނުދެއްވޭނެ އަދަބަކަށް ވާއިރު ދޫކޮށްލި ކަމަށް ބުނާ ގައިދީއިންތެރޭގައި 25 އަހަރަށް ޖަލަށް ހުކުމް ކޮށްފައިވާ މީހެއް ހިމެނެއެވެ.

Advertisement

މި މައްސަލައިގައި އޮފެންޑާ މެނޭޖްމަންޓް ޑިޕާޓްމަންޓުގެ އިސްވެރިޔާ މުހައްމަދު ތޮލާލާއި ޗިޓް ތައްޔާރުކުރި އޮފިސަރުގެ މަގާމް ދަށްކުރަން ކަރެކްޝަނަލް ސާރވިސް ގެ ޑިސިޕްލިނަރީ ބޯޑުން ނިންމި ނަމަވެސް ކޮމިޝަނަރ އޮފް ޕްރިޒަންސް އިން ވަނީ މިމައްސަލަ އަލުން މުރާޖާކުރަން ގޮވާލާފައެވެ.

މި މައްސަލައާއި ގުޅިގެން މީގެ ކުރިން "ރާއްޖެއެމްވީ" އަށް ދެއްވި އިންޓަރވިއުއެއްގައި މުނާޒް ވަނީ އެ މައްސަލަ ފާހަގަ ކުރެވުނު ހިސާބުން ވަގުތުން ދޫކޮށްލި ޤައިދީ އަނބުރާ ޖަލަށް ގެނެސްފައިވާ ކަމަށް ވިދާޅުވެފައެވެ.

މި މައްސަލައިގެ ތަހުގީތައް އަދިވެސް ދަނީ ކުރެވެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް