Advertisement
ކ. މާލެ
|
30 ޖޫން 2019 | އާދީއްތަ 11:35
ދާންދޫގައި ގެއްލުންވި ގެ
ދާންދޫގައި ގެއްލުންވި ގެ
ގއ. ދާންދޫ ކައުންސިލް
ގއ. ދާންދޫ
ދާންދޫގެ ގެއެއްގެ މައްޗަށް ރުކެއް ވެއްޓި ބޮޑެތި ގެއްލުންތަކެއް ވެއްޖެ
ދާންދޫގެ ގެއެއްގެ މައްޗަށް ރުކެއް ވެއްޓި ބޮޑެތި ގެއްލުންތަކެއް ވުން

ރޭ ދަންވަރުގެ ވަގުތެއްގައި ގއ.ދާންދޫއަށް އެރި ކޮޅިގަނޑެއްގައި އެ ރަށުގެ ގެއަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

Advertisement

ކޮޅިގަނޑުގެ ތެރޭގައި ރުކެއް ވެއްޓި، ގޭގެ ފުރާޅު ވަރަށް ބޮޑަށް ހަލާކު ވެފައިވާ ކަމަށާއި ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައިނުވާ ކަމަށް ވެސް ދާންދޫ ކައުންސިލް ގެ ރައީސް އިސްމާއިލް މުހައްމަދު ވަނީ ރާއްޖެ އެމް ވީ އަށް މައުލޫމާތު ދެއްވާފައެވެ.

ދާންދޫގައި ގެއްލުންވި ގެ

މި ހާދިސާއާއި ގުޅޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން އިސްމާއިލް މުހައްމަދު ވިދާޅުވީ އެގޭގެ ފުރާޅުމަތިން މިހާރު ރުއް ނެގުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.

ކައުންސިލް ގެ ރައީސް ވިދާޅުވީ ގެއަށް ވަރަށް ބޮޑެތި ގެއްލުން ތަކެއް ވެފައިވާ ކަމަށާއި ކައުންސިލް ބަޖެޓްގައި މިފަދަ ހާދިސާތަކުގައި ގެއްލުންވާ ފަރާތްތަކަށް އެހީތެރިކަން ދިނުމަށް ފައިސާ ނެތް ކަމަށެވެ.

ނަމަވެސް ކައުންސިލުން މިހާރު ވަނީ މާލީ ގޮތުން އެހީތެރިވުމަށްޓަކާ ނެޝަނަލް ޑިޒާސްޓަރ އޮތޯރިޓީގެ ސަމާލް ކަމަށް މި ހާދިސާ ގެނެސްފައެވެ. އަދި ނެޝަނަލް ޑިޒާސްޓާރ އޮތޯރިޓީއިން ވަނީ އެބޭފުޅުންގެ ފަރާތުން އެހީތެރިކަން ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ކައުންސިލަށް އަރުވާފައެވެ.

ދާންދޫ ކައުންސިލުން ރާއްޖެ އެމް ވީ އަށް މައުލޫމާތު ދެއްވި ގޮތުގައި ކޮޅިގަނޑުގައި ގެއްލުންވި ގެއަކީ ސުނާމީ ޕްރޮޖެކްޓް ގެ ދަށުން 2014 ވަނަ އަހަރު ދާންދޫގައި އިމާރާތް ކުރެވިގެންދިޔަ ގެއެކެވެ.

މި ހާދިސާގައި ގެއްލުންވި ގޭގައި ދިރިއުޅެނީ ދޮށީ އުމުރުގެ ދެމަފިރިން ކަމަށާއި އެ ދެ ފަރާތަށް ނަޕްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރު ކޮށްފައިވާކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް