Advertisement
ކ. މާލެ
|
29 ޖޫން 2019 | ހޮނިހިރު 17:36
ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް ނޫސްވެރިންގެ ބައްދަލުވުމުގައި
ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް ނޫސްވެރިންގެ ބައްދަލުވުމުގައި
ރާއްޖެއެމްވީ
ޓެރަރިޒަމްގެ ނުރައްކާ
ޓެރަރިޒަމްގެ ނުރައްކާ ރާއްޖެއަށް އެބައޮތް: އެމްއެންޑީއެފް
ޓެރަރިޒަމްގެ ހަމަލާއިން ރައްކާތެރިވުމަށް ބޭރުގެ ގައުމުތަކާ ގުޅިގެން އަންނަނީ މަސައްކަތް ކުރަމުން
އެއްވެސް ގައުމެއް އޮތީ ސަލާމަތުން ކަމަށް މިވަގުތު ބުނެވެން ނެތް

ދުނިޔޭގެ އެކިކަންކޮޅުތަކަށް ޓެރަރިޒަމްގެ ހަމަލާތައް ދެމުން އަންނައިރު ދިވެހިރާއްޖެއަށް ވެސް އެނުރައްކާ އެބައޮތް ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

Advertisement

އެމްއެންޑީއެފްގެ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވީ އެންމެ ސަލާމަތީ ކަންކަން ރަނގަޅު, އަމާން ގައުމުތަކުގައި ވެސް ޓެރަރިޒަމްގެ ހަމަލާތައް ދެމުން އަންނަ ކަމަށާއި، ޓެރަރިޒަމްގެ ނުރައްކަލުން އެއްވެސް ގައުމެއް އޮތީ ސަލާމަތުން ކަމަށް މިވަގުތު ބުނެވެން ނޯންނާނެ ކަމަށެވެ. އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާތަކަށް އިޝާރާތް ބްރިގޭޑިއާ ޖެނަރަލް އަބްދުއްރަހީމް ވިދާޅުވީ މިހާރު ރާއްޖެއަށް އޮތް ނުރައްކާ ބޮޑުވެފައިވާ ކަމަށެވެ.

އެއްވެސް ގައުމަކަށް ނުރައްކަލެއް ނެތެކޭ ނުދެއްނެވޭނެ. އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށް ވެސް އެނުރައްކާ އެބައޮތް. އެކަމަކު އަޅުގަނޑުމެން މިދަނީ ރައްޔިތުންނަށް އެނުރައްކާތަކުން ސަލާމަތްކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ހުރިހާ ލެވަލްއެއްގައި ކުރަމުން.
ބްރިގޭޑިއާ ޖެނަރަލް އަބްދުއްރަހީމް

ބްރިގޭޑިއާ ޖެނަރަލް އަބްދުއްރަހީމް ވިދާޅުވީ ޓެރަރިޒަމްގެ ހަމަލާއަކުން ގައުމު ސަލާމަތް ކުރުމަށް ކުރާ މަސައްކަތަކީ ގިނަ މުއައްސަސާތަކާއި ބޭރުގެ ގައުމުތަކާ ގުޅިގެން ކުރާ މަސައްކަތް ކަމަށެވެ. އަދި ރެއާ ދުވާލު ގައުމުގެ ސަލާމަތްތެރިކަމަށްޓަކައި ގައުމީ ދިފާއި ބާރުން މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ބްރިގޭޑިއާ ޖެނަރަލް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
29 ޖޫން 2019 | ހޮނިހިރު 23:42
އަހުމަދު އިސްމާއީލް
ބާޣީ ލުތުފީ ކްރޮސްކޮށް ބިޑި އަޅުވައިގެން މާލެގެންނާށޭ!