Advertisement
ކ. މާލެ
|
29 ޖޫން 2019 | ހޮނިހިރު 14:34
ރައީސުލް ޖުމްހޫރިއްޔާގެ ދެ ކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި
ރައީސުލް ޖުމްހޫރިއްޔާގެ ދެ ކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި
ރައީސް އޮފީސް
ރައީސް ސޯލިހު
ސިންގަޕޫރްގެ ރައީސާގެ ދައުވަތަކަށް، ރައީސް ސޯލިހު ސިންގަޕޫރަށް
މިއީ ދިވެހި ރާއްޖެ އާއި ސިންގަަޕޫރާއި އޮންނަ ގުޅުން ބަދަހި ކުރެއްވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެއް
މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ ޚާއްސަ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވާ
މި ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސް ޙަލީމާ ޔަޢުޤޫބު އަދި ބޮޑުވަޒީރު ލީ ސިއެން ލޫންގަ އާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައި

ސިންގަޕޫރްގެ ރައީސާ ހަލީމާ ޔައުގޫބްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ އަނބިކަބަލުން ފަޒްނާ އަހްމަދު ސިންގަފޫރަށް ފުރާވަޑައިގެންފިއެވެ. މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ ޚާއްސަ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.

މި ދަތުރުފުޅުގެ މަޤްޞަދަކީ ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއެކު ޚާއްސަ ގޮތެއްގައި ސަލާމަތީ ދާއިރާއާއި ވިޔަފާރި، ސިއްޙީ، އަދި ތަޢުލީމީ ދާއިރާ ފަދަ ދާއިރާތަކުން ދެޤައުމުގެ މެދުގައި މިހާރު ޤާއިމްކޮށްފައިވާ ގުޅުން ވަރުގަދަ ކުރެއްވުމެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސް ޙަލީމާ ޔަޢުޤޫބު އަދި ބޮޑުވަޒީރު ލީ ސިއެން ލޫންގަ އާއި ވަކިވަކީން ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުކުރެއްވުންތަކުގައި މިހާރު ދެޤައުމުގެ ގުޅުން އޮތް ދާއިރާތަކާއި އިތުރަށް ގުޅުންބަދަހިކޮށް ފުޅާކުރެވިދާނެ ދާއިރާތަކާއި ގޮތްތަކާއިމެދު މަޝްވަރާ ކުރައްވާނެއެވެ. މި ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސް ދެއްވާ ޖާފަތެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މިދަތުރުފުޅުގައި ސިންގަޕޫރުގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންނާއި ބައްދަލު ކޮށްލައްވަން ވަނީ ހަމަޖެހިފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި ދިވެހިރައްޔިތުންގެ ޝުއޫރުތަކާއި އެބޭފުޅުންނަށް ސިންގަޕޫރުގައި ދިމާވާ ގޮންޖެހުންތައް ޙިއްސާކުރެއްވުމަށް ފުރުސަތު ހުޅުވައިލެވޭނެއެވެ. ރައީސުލްޖުމްހޫރިއްޔާ ގެ މި ދަތުރުފުޅުގައި، އައި.އެސް.ޑީ ކައުންޓަރ- ޓެރަރިޒަމް ސެންޓަރ އަދި ސިންގަޕޫރުގެ ނެޝަނަލް އެންވަޔަރަންމަންޓް އެޖެންސީގެ ބެލުމުގެ ދަށުން ހިންގާ ޕަލައު ސިމަކު ލޭންޑްފިލް، އަށް ޒިޔާރަތް ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

Advertisement

ވެރިކަމާއި ހަވާލުވެވަޑައިގަތް ފަހުން ރައީސް ސޯލިހު ވަނީ މީގެ ކުރިން ނުރަސްމީ ދަތުރުފުޅެއް ސިންގަޕޫރަށް ކުރައްވާފައެވެ.

މީގެ އިތުރުން ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން އެ މަނިކުފާނު އަވަށްޓެރި އިންޑިޔާ އަދި ސްރީލަންކާއަށް ރަސްމީދަތުރުފުޅެއް ކުރައްވާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް