Advertisement
ކ. މާލެ
|
29 ޖޫން 2019 | ހޮނިހިރު 12:04
އެންޓި ކޮރަޕްޝަން ކޮމިޝަންގެ އިދާރާ
އެންޓި ކޮރަޕްޝަން ކޮމިޝަންގެ އިދާރާ
ގޫގުލް
އޭސީސީން ބަލާފައިވާ މައްސަލަތައް
ފުރަތަމަ ތިން މަހު އެންމެ ގިނައީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލަތައް: އޭސީސީ
ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ 65 މައްސަލަ އޭސީސީން ބަލާ ނިންމާފައިވޭ
ނާޖާއިޒު ފައިދާ ހޯދުމުގެ 26 މައްސަލައެއް، އޭސީސީން ބަލާ ނިންމާފައިވޭ
ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކޮށްފައިވާކަމުގެ ތުހުމަތުކުރެވޭ ތިން މައްސަލައެއް އޭސީސީން ބަލާފައިވޭ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު އެންމެ ގިނަ އަދަދަކަށް ބަލާ ނިންމާފައިވަނީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުކުރެވޭ މައްސަލަތައް ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

Advertisement

އޭސީސީ އިން މިހެން ބުނެފައިވަނީ، ބުދަ ދުވަހު ނެރުނު ބަޔާނެއްގައެވެ. އެގޮތުން، މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ 65 މައްސަލަ އޭސީސީން ބަލާ ނިންމާފައިވާނެ ކަމަށް އެ ކޮމިޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

އޭސީސީން ތައްޔާރުކޮށްފައިވާ ސްޓޭޓިސްޓިކަލް ޑޭޓާގެ ބަރ ޗާޓެއް

މީގެ އިތުރުން، ނާޖާއިޒު ފައިދާ ހޯދުމުގެ 26 މައްސަލައެއް، އޭސީސީން ބަލާ ނިންމާފައިވާނެ ކަމަށް ވެސް އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ހާމަކޮށްފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުން، ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫން ގޮތަކަށް ޢަމަލު ކޮށްފައިވާކަމުގެ ތުހުމަތުކުރެވޭ ތިން މައްސަލައެއް ވެސް އޭސީސީން ވަނީ ބަލާފައެވެ.

ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުކުރެވޭ 160 މައްސަލައެއް އޭސީސީން ބަލާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް