Advertisement
ކ. މާލެ
|
28 ޖޫން 2019 | ހުކުރު 22:30
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ލަންކާގައި ދިރިއުޅޭ ބައެއް ދިވެހިނާއި ބައްދަލުކުރަށްވަނީ
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ލަންކާގައި ދިރިއުޅޭ ބައެއް ދިވެހިނާއި ބައްދަލުކުރަށްވަނީ
ރާއްޖެއެމްވީ
މައުމޫން އަބްދުލް ގައްޔޫމް
ބޭސްފަރުވާއަށް ލަންކާއަށް ވަޑައިގެން، ރައީސް މައުމޫން ދިވެހިންނާ ބައްދަލުކުރަށްވައިފި
މި ބައްދަލުކުރެއްވުމުގައި 100 އަށްވުރެން ގިނަ ދިވެހިން ބައިވެރިވި
ލަންކާގައި އުޅޭއިރު ދިވެހިންނަށް ދިމާވާ ދަތިތަށް މައުމޫނާއި ހިއްސާ ކުރެއްވި
އީސްޓާ ބޮމުގެ ހަމަލާ އަށް ފަހު މީ އެގައުމަށް މައުމޫނު ކުރަށްވާ ފުރަތަމަ ދަތުރު

ބޭސްފަރުވާ އަކަށް މިހާރު ލަންކާއަށް ވަޑައިގެން އުޅުއްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެ ގައުމުގައި ދިރިއުޅޭ ދިވެހިނާއި ބައްދަލުކުރަށްވައިފި އެވެ.

މައުންޓުލެވީނިއާ ގައި އޮތް މި ބައްދަލުވުމަށް ލަންކާގައި ދިރިއުޅޭ 100 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ. އެ ބައްދަލުކުރެއްވުމުގައި ދިވެހިންނަށް ލަންކާގައި ދިރިއުޅުމުގައި ދިމާވާ ދަތިތައް ރައީސް މައުމޫން އޮޅުން ފިލުއްވާފައިވެއެވެ.

މީގެ އިތުރުން ބައްދަލުވުމުގައި ބައިވެރިވި ބައެއް މީހުން މޯލްޑިވްސް ރިފޯމް ޕާޓީގެ ނަމުގައި މައުމޫން އިސްކޮށް ހުންވައިގެން އުފައްދަވަން މަސައްކަތް ކުރައްވާ ޕާޓީ އަށް ސޮއިކޮށް، ފޯމު ހަވާލުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބެއެވެ.

Advertisement

މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ލަންކާގައި އަމިއްލަ އަށް މަރުވެގެން ބޮމުގެ ހަމަލާ ދިން އިރު ވެސް މައުމޫނު ހުންނެވީ ބޭސްފަރުވާ އަކަށް އެ ގައުމަށް ވަޑައިގެންނެވެ. ނަމަވެސް އެ ހަމަލާއާ ގުޅިގެން ލަންކާގެ ހާލަތު އިތުރަށް ގޯސްވުމުން މައުމޫން ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. އަދި މިއީ އެ ހަމަލާ އަށް ފަހު މައުމޫން ލަންކާ އަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

އީސްޓާ ބޮމުގެ ހަމަލާ އަށް ފަހު، ލަންކާގެ މަސްރަހު ނުތަނަވަސްވުމުން ގިނަ ދިވެހިންތަކެއް ވަނީ އެނބުރި ރާއްޖެ އައިސްފަ އެވެ. އަދި ދިވެހިންގެ މެދުގައި އޮތް ނުތަވަސްކަން ކުޑަކުރުމަށާއި ރާއްޖެ އޮތީ ލަންކާއާ އެކު ކަން ހާމަކުރުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބް ރައީސް ފައިސަލް ނަސީމްގެ އިތުރުން ބައެއް ކެބިނެޓް މިނިސްޓަރުންގެ އިތުރުން މަޖިލިސް މެންބަރުންގެ މައްޗަށް އެކުލެވޭ 100 އަށްވުރެން ގިނާ ބޭފުޅުން ހިމެނޭ ވަފުދެއް ލަންކާއަށް ވަނީ ދާދި ފަހުން ޒިޔާރަތް ކުރަށްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް