Advertisement
ކ. މާލެ
|
28 ޖޫން 2019 | ހުކުރު 21:49
ނައިޓް މާކެޓުން ބަޔަކު ވިޔަފާރި ކުރަނީ
ނައިޓް މާކެޓުން ބަޔަކު ވިޔަފާރި ކުރަނީ
ރާއްޖެއެމްވީ
ނައިޓްމާކެޓް
ނައިޓްމާކެޓްތައް ބާއްވާނެ މުނާސަބު ދުވަސްތައް އަލުން ކަނޑައަޅަނީ
މާލެ ރީޖަންގައި ހިމެނޭ ރައްތަކުގައި މާކެޓް ،ބޭއްވާނެ ދުވަސް ފަހުން އިއުލާން ކުރާނެ

ނައިޓްމާކެޓް, ފެއަރ އަދި މަގުމަތީ ބާޒާރު ބޭއްވޭނެ މުނާސަބު ދުވަސްތަށް ކަނޑައަޅާ މާލެސިޓީ ކައުންސިލުން ކުރި އިއުލާން ބާތިލް ކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން މީގެ ކުރިން ކޮށްފައިވާ އިއުލާނުގައި ވާގޮތުން، މާލެ ރީޖަންގައި ހިމެނޭ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ނައިޓް މާކެޓް، ފެއަރ އަދި މަގުމަޓީ ބާޒާރު ބޭއްވުމަށް ހުއްދަދޭން އެ ކައުންސިލުން ނިންމާފައިވަނީ އަޟްހާ އީދުދުވަސް، ފިތުރު ޢީދު ދުވަސް، ރާއްޖެ އިސްލާމްވީ ދުވަސް، ކީރިތި ރަސޫލާގެ ޢީދު މީލާދު ދުވަސް، މިނިވަން ދުވަސް، ޤައުމީ ދުވަސް، ޖުމްހޫރީ ދުވަހުގަ އެވެ. އަދިި މީލާދީ އާ އަހަރު ފެށޭ ދުވަސް، ހިޖްރީ އާ އަހަރު ފެށޭ ދުވަސް އަދި މަސައްކަތްތެރިންގެ ދުވަހުގެ އިތުރުން ނަސްރުގެ ދުވަހާއި ޝަޢުބާން މަހު އެ ހުއްދަ ދިނުމަށް މާލެ ސިޓީ ކައުންސިލުން ކުރިން ނިންމި އެވެ.

ކައުންސިލުން އެއިރު ކޮށްފައިވާ އިއުލާނުގައި ސުކޫލުތަކުގައި އެކި މުނާސަބަތުތަކާއި ގުޅިގެން ބާއްވާ ފެއަރ، ނައިޓް މާކެޓްތަށް ބާއްވާނެ ގޮތުގެ އުސޫލެއް ކަނޑައަޅާފައެއް ނުވެއެވެ.

Advertisement

ނައިޓްމާކެޓް ފެއަރ އަދި މަގުމަތީ ބާޒާރު ބޭއްވޭނެ މުނާސަބު ދުވަސްތަށް ކަނޑައަޅާ ސިޓީ ކައުންސިލުން ކުރި އިއުލާން ބާތިލު ކުރިނަމަވެސް އަލުން ނައިޓްމާކެޓް، ފެއަރ، މަގުމަތީ ބާޒާރު ބާއްވަން ހުއްދަދޭ ދުވަސްތަށް އެ ކައުންސިލުން ކަނޑައަޅާ ފަހުން އިއުލާން ކުރާނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އިކޮނަމިކް މިނިސްޓްރީ އިން ވަނީ ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރުތައް ބާއްވަން ޖެހޭނެ ގޮތުގެ އުސޫލެއް ކަނޑައަޅާ، އެއުސޫލަށް އަމަލު ކުރަން ފަށައިފަ އެވެ. އަދި އިމްޕޯޓް މުދަލުގެ ވިޔަފާރިކުރެވޭ ގޮތަށް، ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީ ބާޒާރު ބާއްވަން ވާނީ ކޮންމެވެސް މުނާސަބަތަކާއި ގުޅުވައިގެން ކަމަށް ވެސް މިއުސޫލުގައި ބުނެފައި ވެއެވެ.

އެގޮތުން، ފާހަގަކުރެވޭނެ މުނާސަބަތުތައް ކޮންމެ އަހަރަކު އެއްފަހަރު، ސިޓީއެއްގައިނަމަ، ސިޓީ ކައުންސިލުން ނުވަތަ ރަށެއްގައިނަމަ، ރަށު ކައުންސިލުން ޢާންމުކޮށް އިޢްލާނު ކުރަންވާނެ ކަމަށް ވެސް އެ މިނިސްޓްރީގެ އުސޫލުގައި ބުނެފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް