Advertisement
ކ. މާލެ
|
28 ޖޫން 2019 | ހުކުރު 21:36
އަތުލައިގަތް 1 ކިލޯގެ މަސްތުވާތަކެތި
އަތުލައިގަތް 1 ކިލޯގެ މަސްތުވާތަކެތި
ކަސްޓަމްސް
މަސްތުވާތަކެތި އަތުލައިގަތުން
ރާއްޖެ އެތެރެ ކުރަން އުޅުނު 1 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި
މަސްތުވާތަކެތި އަތުލައިގަނެފައިވަނީ ވައިގެ މަގުން ރާއްޖެ އެތެރެ ކުރަން އުޅެނިކޮށް

ވައިގެ މަގުން ރާއްޖެ އެތެރެ ކުރަން އުޅުނު 1 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފިއެވެ.

ކަސްޓަމްސް އިން ބުނޫ ޖޫން 28 ވަނަ ދުވަހު އިންޑިއާގެ ޓްރެވިންޑްރަމް އިން ރާއްޖެއައި 21 އަހަރުގެ ދިވެހި ފިރިހެނެއް ޢަމަލުތައް ހުރި ގޮތުން އޭނާ އާއި މެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ރައްކާ ކޮށްފައި ހުރި ފުޅިތަކެއް ފެނިފައިވާ ކަމަށެވެ. އަދި އެ ތަކެތި ފުރަތަމަ މަރުހަލާގެ ތަހުލީލުން ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލްއަށް ޕޮޒިޓިވް ވެފައި ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.

Advertisement

އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންގއާއެކު ޖުމްލަ 1.096 ކިލޯ ހުރިއިރު މިތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 667،000.00 ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައިވާއިރު، އެ ފަރާތުން ގެންދަނީ މި މައްސަލަ އިތުރަށް ތަޙްޤީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް