Advertisement
ކ. މާލެ
|
28 ޖޫން 2019 | ހުކުރު 21:39
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި
ރައްޔިތުންގެ މަޖިލިސް
އޮޑިޓަރ ޖެނެރަލް
މައުލޫމާތު ނުލިބި ޖޮއިންޓްވެންޗާތައް ހެދިފައި އެބަހުރި: އޮޑިޓަރ ޖެނެރަލް
މައުލޫމާތު ހިއްސާކުރުމަށް ފިނޭންސްގައި އެދިފައިވާނެ ކަމަށް ވިދާޅުވި
ހުރިހާ ކަމެއްގެ ހައްލު އޮޑިޓް ރިޕޯޓުން ހޯދައި ނުގަނެވޭނެ
ގޯސް ކަމެއް ހިނގާނަމަ އެ ކަމެއްް މާލީ ބަޔާނުން ދެނެގަނެވޭނެ

މައުލޫމާތު ނުލިބި ސަރުކާރުގެ ބައެއް ޖޮއިންޓް ވެންޗަރ ކުންފުނިތައް ހެދިފައި އެބަހުރި ކަމަށް އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.

Advertisement

ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުން ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އޮޑިޓަރ ޖެނެރަލް ވިދާޅުވީ، އަލަށް ހަދާ ޖޮއިންޓް ކުންފުނީގެ މައުލޫމާތު އޮޑިޓަރ ޖެނެރަލްއާ ހިއްސާ ކުރަން ޖެހޭ ކަމަށާއި، އެކަން އެގޮތަށް ނުވާތީވެ އަލަށް ހެދޭ ޖޮއިންޓް ކުންފުނިތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް ރެޖިސްޓްރާ އަށާއި ފިނޭންސް މިނިސްޓްރީ އަށް ވެސް އަންގަފައިވާނެ ކަމަށެވެ.

ދައުލަތުގެ ކުންފުންޏެއް ހެދި މެންޑޭޓެއް އެކުލެވޭ ކަމަށް ވަންޏާ އަންގަން. ޖޮއިންޓްވެންޗަރ ކުންފުނިތައް ހެދިފައި ހުރި ކަމުގެ މައުލޫމާތު ލިބުނީމަ އަޅުގަނޑުމެން މި ފަހުންވެސް އޮންނާނެ އެހެން ހުރި ކުންފުނި ތަކުގެ މައުލޫމާތު ހޯދަން އަންގާފައި
ހަސަން ޒިޔަތު ~ އޮޑިޓަރ ޖެނެރަލް ~

ޒިޔަތު ވިދާޅުވީ، ކުންފުނިތަކަށް އެކަން އަންގާފައި އޮވެ, އޮޑިޓް ތެރޭގައި ނުބަލައި އެއްވެސް ކުންފުންޏެއް ދޫކޮށްލާފައި ނުވާނެ ކަމަށެވެ. ޖޮއިންޓްވެންޗަރ ހެދޭ ކުންފުނިތައް އޮޑިޓް އޮފީހުގެ ސަމާލުކަމަށް ގެނައުމަށް އެދެފައިވާ ކަމަށް ވިދާޅުވިއެވެ.

މިހާރު ޖޮއިންޓް ވެންޗަރ ހެދިފައި ހުރީ ކޮން ކުންފުނިތަކެއްކަން ހޯދުމަށް އެދިފައިވާ ކަމަށާއި، އެއްބަސްވުންތައް ލިބުމުން އެ ކަންތައް ދިރާސާ ކުރާނެ ކަމަށް ވިދާޅުވިއެވެ.

އޮޑިޓް މަސައްކަތް ބޮޑަށް ބިނާވެފައި އޮންނަނީ ކުންފުނިން ދޭ މައުލޫމަތުގެ މައްޗަށްކަން ފާހަގަކުރައްވަމުން އޮޑިޓަރ ޖެނެރަލް ވިދާޅުވީ، ކުންފުނިތަކުގެ މާލީ ބަޔާނުން އެތަނެއްގައި ގޯސްކޮށް ކަމެއް ހިނގާކަމަށްވާ ނަމަ އެކަން އެގޭނެ ކަމަށެވެ. ޒިޔަތު ވިދާޅުވީ، ހުރިހާ ކަމެއްގެ ހައްލެއް އޮޑިޓް ރިޕޯޓުން ނުވަތަ އޮޑިޓް އޮފީހުން ހޯދައިނުގަނެވޭނެ ކަމަށެވެ. ކުންފުނިތަކުގެ ބޯޑު އޮފް ޑިރެކްޓަރުގެ ޒިންމާވެސް އެކަމުގައި އޮންނަން ޖެހޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް