Advertisement
ކ. މާލެ
|
28 ޖޫން 2019 | ހުކުރު 19:01
އައްޑޫ ސިޓީގައި ބޭއްވި އުރީދޫ ކަލަރ ރަންގެ ތެރެއިން
އައްޑޫ ސިޓީގައި ބޭއްވި އުރީދޫ ކަލަރ ރަންގެ ތެރެއިން
އާފަތިސް އޮންލައިން
އުރީދޫ ކަލަރ ރަން
އުރީދޫ ކަލަރ ރަން ގައި 2000 މީހުން ބައިވެރިވި
އައްޑޫ ސިޓީގެ ކަލަރ ރަން އަށް ބޮޑު ތަރުހީބެއް ލިބިފައިވޭ

އައްޑޫ ސިޓީގައި ބޭއްވި އުރީދޫ ކަލަރ ރަންގައި 2000 މީހުން ބައިވެރިވި ކަމަށް އުރީދޫ އިން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އުރީދޫގެ އެސިސްޓަންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހީމް ޒާހިރު ވިދާޅުވީ ކަލަރ ރަން ވެގެންދިޔައީ ވަރަށް ކާމިޔާބު އިވެންޓަކަށް ކަމަށެވެ. އަދި މި އިވެންޓްގައި ބައިވެރިވި އެކި އުމުރުފުރައިގެ ފަރާތްތަކަށާއި އިވެންޓް ކާމިޔާބުކޮށް ކުރިއަށް ގެންދިޔުމަށް އެހީތެރިވި ޕާޓްނަރުންގެ އަގުވަޒަންކޮށް، ނޫރާ ޝުކުރު އަދާކުރެއްވިއެވެ.

ހުކުރު ދުވަހުގެ ހަވީރު 03:30 ގައި އައްޑޫ ސިޓީގެ ހިތަދޫ ސްޓޭޖް ސަރަހައްދުން ފެށި މި ރަން ނިންމާލާފައި ވަނީ އިރުއޮއްސި 6 ޖެހިއިރުއެވެ.

އުރީދޫ ގުޑި މަހާސަމާ، ހުކުރު ދުވަހުގެ ހެނދުނު 8.00 ން 10.00 އަށް ހިތަދޫ ސްޓޭޖް ސަރަހައްދުގައި ކުރިއަށް ގެންދިޔައިރު އުރީދޫ ކަލަރ ރަންގެ ކުރިން ބާއްވާ ގުޑި މަހާސަމާގައި މަޑި އެރުވުން، މަޑި ހެދުމުގެ ވަރކްޝޮޕްތައް، ކުޑަކުދިންނަށް ޚާއްސަ ކުޅިވަރުތައް އަދި މޯލްޑިވްސް ޕޮލިސް ސާވިރސްގެ ޚާއްސަ ސްޓޯލެއް ވެސް ބަހައްޓާފައިވެއެވެ.

Advertisement

އުރީދޫ ކަލަރ ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ވަނީ ފާހަގަކޮށްފައެވެ. އަދި މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަޔާއި، ޖޮގްކޮށްފަޔާއި، ދުވެފަ ނޫނީ ނަށަމުން ވެސް ބައެއް ފަރާތްތަކުން ވަނީ ދުވުން ނިންމާފައެވެ.

އުރީދޫ އިން ވަނީ ކަލަރ ރަންގެ ފޯރި އިތުރު ކުރުމުގެ ގޮތުން އެންމެ ފޯރިގަދަ ދުވުންތެރިންނާއި އަދި އެންމެ ސަޅި ކޮސްޓިއުމްތައް ފާހަގަކޮށް، ވަރަށް ތަފާތު ހަދިޔާ ތަކެއް ދީފައެވެ.

މިއީ އަތޮޅު ތެރޭގެ ރަށެއްގައި އުރީދޫގެ ކަލަރ ރަން ބާއްވާ ފުރަތަމަ ފަހަރެވެ. އޫރީދޫ އިން ބުނީ އައްޑޫ ސިޓީގެ އިތުރުން މާލޭގައި ވެސް މި އަހަރު ކަލަރ ރަން ބާއްވާނެ ކަމަށާއި އަމާޒަކީ ވީހާ ވެސް ގިނަ ރަށެއްގައި އޫރީދޫގެ ކަލަރ ރަން ބޭއްވުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް