Advertisement
ކ. މާލެ
|
28 ޖޫން 2019 | ހުކުރު 19:00
މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ތާރިގު ހުރިވަރު މައުރަޒު ހުޅުވައި ދެއްވަނީ
މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ތާރިގު ހުރިވަރު މައުރަޒު ހުޅުވައި ދެއްވަނީ
ރާއްޖެއެމްވީ
ހުރިވަރު މައުރަޒު
"ހުރިވަރު" މައުރަޒު ހުޅުވައިފި
ހުރިވަރު މައުރަޒް ހުޅުވާފައި ވަނީ ހިރިޔާ ސްކޫލުގެ 10 ވަނަ އަހަރީ ދުވަހާއި ގުޅިގެން

ހިރިޔާ ސުކޫލުގެ 10 ވަނަ އަހަރީ ދުވަހާގުޅިގެން "ހުރިވަރު"ގެ ނަމުގައި ކުރެހުމާއި އަތްތެރި މަސައްކަތްތައް ދައްކާލުމުގެ މައުރަޒު ހުޅުވައިފިއެވެ.

މި މައުރަޒް ހުޅުއްވައި ދެއްވީ މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ތާރިގެވެ.

Advertisement

މައުރަޒު ހުޅުއްވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން ތޯރިޤް ވިދާޅުވީ ދިންގެ ވިސްނުމާއި އެކުދިންގެ ފިކުރަށް އަންނަ ވަރަށް ވަރުގަދަ ބާރެއް ކަމަށެވެ. އަދި ރެހުމުގެ ތެރެއިން އެކުއްޖެއްގެ މަސައްކަތުގެ އަޚުލާގު ވަރަށް ރަނގަޅަށް ދެނެގަނެވޭނެ ކަމަށާއި، ލިޔެލާ މަޒުމޫނެއް، ޅެމެއްގެ އިތުރުން ވާހަކައަކުން ނުބުނެދޭ އެތައް ވާހަކަ ތަކެއް ކުރެހުމުން ބުނެދޭނެ ކަމަށް ތޯރިޤް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލު ކުރަންޖެހޭ އެއް ހަގީގަތަކީ ކުރެހުމަކީ ކުދިންގެ ވިސްނުމާއި އެކުދިންގެ ފިކުރަށް އަންނަ ވަރަށް ވަރުގަދަ ބާރަކާއި ހެޔޮ ބަދަލަކަށް ވާނެކަން. އަދި ކުރެހުމުގެ ތެރެއިން އެކުއްޖެއްގެ މަސައްކަތުގެ އަޚުލާގު ވަރަށް ރަނގަޅަށް ދެނެގަނެވޭނެ. ރީތި ކުރެހުމެއް އަޅުގަނޑުމެންނާއި ހަމައަށް ގެނެސްދިނުމުގައި އެކުއްޖާ އެކުރާ މަސައްކަތް، ކެތްތެރިކަން، މަޑުމައިތިރިކަމުގެ އިތުރުން ވިސްނުން ތެރިކަންވެސް ފެނިގެން ދާނެ. ކުރެހުމަކީ ކުރަހާފައި އިންނަ މަންޒަރުން އެ ފެންނަ އެއްޗަކަށް ބަލާލާ ބަލާލުމުގެ އިތުރުންވެސް އެތައް ބައިވަރު ވާހަކަ ތަކެއް ބުނެދޭ އެއްޗެއް. އަޅުގަނޑުމެންގެ ދުލުން މިއަދު މިދައްކާ ވާހަކަ އަޅުގަނޑުމެންގެ ގަލަމުން ލިޔެލާ މަޒުމޫނެއް، ޅެމެއްގެ އިތުރުން ވާހަކައަކުން ނުބުނެދޭ އެތައް ވާހަކަ ތަކެއް ކުރެހުމުން ބުނެދޭނެ. އެގޮތުން އެތައް ސަތޭކަ ވާހަކައެއް އެންމެ ކުރެހުމަކުން ބުނެދޭ." ތޯރިގު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ތޯރިގު ވިދާޅުވީ މާލޭ ހުކުރު މިސްކިތާއި، އީދު މިސްކިތުގެ އިތުރުން ފެންފުށީ މިސްކިތާއި، މިނޫންވެސް ރާއްޖޭގެ އާސާރީ މިސްކިތްތަކަކީ ދިވެހިން އެންމެ ލޯބިން ކޮށްފައި ހުރި މަސައްކަތްތައް ކަމަށާއި އެމަސައްކަތް އެހާ ފުރިހަމަކޮށް އެހުރީ އެކަމަށްދޭންވާ ފުރިހަމަ ލޯބި ދީގެން ކުރުމުގެ ސަބަބުން ކަމަށެވެ. އަދި އިސްލާމް ދީނަށްޓަކައި ކާބަފައިންގެ ހިތްތަކުގައި އޮތް ލޯބި އެ މަސައްކަތްތަކުންވެސް ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން މީހެއްގެ ހިތުގައި އޮންނަ އެތި ވަރަށް ސާފްކޮށް ބުނެދޭ އެއްޗަކަށް ކުރެހުން ވެގެން ގޮސްފައި ވާކަމަށްވެސް ތޯރިގު ވިދާޅުވިއެވެ.

ބައެއް ވަނަތަކަށް ހޮވުނު ދަރިވަރުންނަށް ސެޓްފިކެޓް ހަވާލު ކުރަނީ

ހިރިޔާ ސުކޫލުގެ ލީޑިންގ ޓީޗާރ އައިމިނަތު ނައީމާ ވިދާޅުވީ، މި މިއުރަޒަކީ ދަރިވަރުންގެ ކުރެހުމާއި, ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮއްދީ މައުރަޒަށް ކަނޑައެޅިފައިވާ ޝިޔާރު "ސާފު ދިވެހިރާއްޖެ" ގެ ދަށުން ބެލެނެވެރިންނާއި, ދަރިވަރުންގެ ހިޔާލާ ފިކުރު ކުރެހުމުގެ ޒަރީއާއިން މުޖުތަމައަށް ދައްކާލުންކަމަށް ބޭއްވި މައުރަޒެއް ކަމަށެވެ. އަދި މިއީ މިގޮތަށް ބޭއްވޭ ދެވަނަ މައުރަޒު ކަމަށާއި ފުރަތަމަ މައުރަޒު ބޭއްވީ ހިރިޔާ ސުކޫލުގެ ފަސްވަނަ އަހަރީ ދުވަހާގުޅިގެން 2014 ވަނަ އަހަރުކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް